ކ. މާލެ
|
1 އޯގަސްޓް 2018 | ބުދަ 13:31
12 މެމްބަރުން މަޖިލީހަށް ވަނުމަށް ހުރަސް އަޅާފައި
12 މެމްބަރުން މަޖިލީހަށް ވަނުމަށް ހުރަސް އަޅާފައި
ރާއްޖެ އެމްވީ
ރައްޔިތުންެގެ މަޖިލިސް
12 މެމްބަރުން މަޖިލީހަށް ވަނުމަށް ފުލުހުން ހުރަސް އަޅައިފި
މަޖިލީހާ ގުޅޭ ސަރަހައްދުގެ މަގުތައް ބަންދުކޮށްފައި

ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް، މަޖިލީހަށް ވަދެވަޑައިގަތުމަށް ފުލުހުން ހުރަސް އަޅައިފިއެވެ.

ބުދަ ދުވަހުގެ މެންދުރުފަހު 1:00ގައި ފެށި މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަަތުމަށް 12 މެމްބަރުން މަޖިލީހަށް ވަޑައިގަންނަވަން އުޅުއްވުމުން، އެ ބޭފުޅުން މަޖިލީހަށް ވެންނެވުމަށް ހުރަސް އަޅާފައި ވަނީ މަޖިލިސްކުރާ އިމާރާތް ހިމެނޭ ސަރަހައްދުގައި ބެރިކޭޑު ޖަހައިގެންނެވެ. މަޖިލީހާ ގުޅިފައިވާ މަގުތައް ފުލުހުން ބަންދުކުރީ ބުދަ ދުވަހުގެ ހެނދުނުން ފެށިގެންނެވެ.

ފުލުހުންގެ ހުރަސްއެޅި ނަމަވެސް 12 މެމްބަރުން ގެންދަވަނީ މަގުމަތީގައި ތިބެ އިހްތިޖާޖު ކުރަމުންނެވެ. ބެރިކޭޑު ޖަހައި، އެ މެމްބަރުން ކުރިއަށް ނުގެންދެވޭނެ ގޮތަށް ފުލުހުން ހުރަސް އަޅާފައިވާއިރު، މަޖިލިސް ކުރާ އިމާރާތުގައި ސިފައިން ގެންދަނީ ފޯރިމަރަމުންނެވެ.

މަޖިލީހުގައި ކުރިއަށްދާ ޖަލްސާގައި ކުރިއަށް ދަނީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ގާނޫނުލް އުގޫބާތަށް ހުށަހެޅި ބިލަށް ބަހުސް ކުރުމުގެ މަރުހަލާއެވެ. އޭނާ ހުށަހެޅުއްވި ބިލަކީ ރިޝްވަތާ ގުޅޭ ކުށް ބަޔާން ކުރާ އިސްލާހެވެ. އެ ބިލު މަޖިލީހަށް ހުށަހެޅީ ރިޝްވަތުގެ ކުށް އުވާލަން ޕީޕީއެމުން ބިލެއް ހުށަހެޅި މައްސަލަ ފެންމަތިވެފައިވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް