ކ. މާލެ
|
1 އޯގަސްޓް 2018 | ބުދަ 13:36
2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރެއިން
2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރެއިން
ރާއްޖެ އެމްވީ
ރީ ރެޖިސްޓްރޭޝަން
މިހާތަނަށް 24 ހާސް މީހުން ރީ ރަޖިސްޓްރީ ކޮށްފި
ގާތްގަނޑަކަށް 70 ހާސް މީހުން ރީ ރެޖިސްޓްރީ ކުރާނެ ކަމަށް ބެލެވޭ

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި، ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް މިހާތަނަށް ގާތްގަނޑަކަށް 24،000 މީހުން ރަޖިސްޓަރީ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރީ-ރެޖިސްޓަރީ ކުރުމުގެ ފަހު ތާރީޚަކީ މި މަހުގެ 11 ވަނަ ދުވަހެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާން އަހުމަދު އަކްރަމް ބުދަ ދުވަހު ވިދާޅުވީ ގާތްގަނޑަކަށް 24000 މީހުން މިހާތަނަށް ރީ ރަޖިސްޓަރ ކޮށްފައިވާ ކަމަށާއި ގާތްގަނޑަކަށް 50,000 އާއި 60،000 ރައްޔިތުން ރީ-ރެޖިސްޓަރީ ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 262،000 މީހުންނަށް ލިބެއެވެ. އަދި އިންތިޚާބުގައި ރާއްޖެ އަދި ބޭރުގެ ބައެއް ގައުމުތަކުގައި 490 އަށް ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް