ކ. މާލެ
|
1 އޯގަސްޓް 2018 | ބުދަ 10:56
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ޕީޕަލް މެގަޒިން
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ފަހު ދައުރު ދިގުކޮށް، ސެޕްޓެމްބަރު މަހު ޖަލްސާތައް ބާއްވަނީ!
އެ ބިލަށް ވޯޓަށް އެހުން މިއަދުގެ ޖަލްސާގައި
ދެވަނަ ދައުރު: ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް
ތިން ވަނަ ދައުުރު: އޯގަސްޓް 27 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތު ކުޑަ ކުރުމަށް ފަހު، ތިން ވަނަ ދައުރު ދިގު ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ.

އާންމު ކޮމެޓީން މިހާރު ފާސްކޮށްފައިވާ ރިޕޯޓްގައި ވާ ގޮތުން، މަޖިލީހުގެ ދެވަނަ ދައުރަކީ ޖޫން މަހުން ފެށިގެން އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރަކީ އޯގަސްޓް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މަޖިލީހުގެ ގަވާއިދުގައި މިހާރު އޮންނަ ގޮތުން، މަޖިލީހުގެ ދެވަނަ ދައުރަކީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރަކީ އޮކްޓޯބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. 

މަޖިލީހުގެ ދައުރު، ތިން ދައުރަކަށް ބަހާފައިވާއިރު، ފުރަތަމަ ދައުރުގެ ޖަލްސާތައް ހިނގާ މުއްދަތަކަށް ބަދަލެއް ނުގެނެއެވެ. މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ.

އާންމު ކޮމެޓީން ނިންމާފައިވާ އެނިންމުން ބުދަ ދުވަހު ބާއްވާ ޖަލްސާގައި ވޯޓަށް އެހުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. 

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުން މަޖިލީހުގެ ދައުރު ބަދަލު ކުރާ މިއީ ދެވަނަ ފަހަރެވެ.

މަޖިލީހުގެ ދައުރަށް ބަދަލުތަކެއް ގެންނައިރު މިހާރު ހިނގަމުންދާ މަޖިލީހުން ގަވާއިދާ އެއްގޮތަށް ޖަލްސާތައް ބާއްވަމުން ނުދެއެވެ. އަދި ޖަލްސާތަކުގައި ހޭދަކުރާ ވަގުތު ވެސް މަދުކަން ފާހަގަ ކުރެވޭއިރު، ކޮމެޓީތަކުން އެކަށީގެންވާ މަސައްކަތްތަކެއް ވެސް ކުރަމުން ނުދާކަން ފާހަގަ ކުރެވިފައި ވެއެވެ. 

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ބުނަނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދު މަޖިލިސް ހިންގަވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެޖޯރިޓީއަށް ވުރެ ވެސް ގިނަ މެމްބަރުން ސޮއިކޮށް މަޖިލީހަށް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ ހުށަހަޅާފައެވެ. ނަމަވެސް މިއަދާ އަހަމައަށް އެމައްސަލައަށް ވޯޓަށް އަހާފައެއް ނުވެއެވެ.

މިހާރު މަޖިލީހުން ފާސްކުރާ، ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމް ކަންކަން ފާސްކުރަނީ ޒަރޫރީ ހާލަތެއް ކަމަށް ބުނެ މަޖިލީހުގައި ހިމެނޭ ސަރުކާރަށް ނިސްބަތްވާ 30 ވަރަކަށް މެމްބަރުންގެ ވޯޓުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް