ކ. މާލެ
|
1 އޯގަސްޓް 2018 | ބުދަ 10:37
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން: ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުއައްޒަފުންގެ ގަޑިއަށް ވަނީ ބަދަލު ގެނެސްފައި
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން: ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުއައްޒަފުންގެ ގަޑިއަށް ވަނީ ބަދަލު ގެނެސްފައި
މުހައްމަދު ޝަރުހާން
ޝަރުއީ ދާއިރާ
މިއަދުން ފެށިގެން ޝަރުއީ ދާއިރާގެ ރަސްމީ ގަޑިއަކީ ހަ ގަޑިއިރު
މަދުކޮށްފައި ވަނީ އެއްގަޑިއިރު
މިހާރު މަސައްކަތް ކުރަންޖެހޭ ވަގުތަކީ ހެނދުނު 8:00 އިން ފެށިގެން މެންދުރު ފަހު 2:00 އަށް

އޮގަސްޓް 1 އިން ފެށިގެން ޝަރުއީ ދާއިރާގައި މަސައްކަތް ކުރާނީ ހަ ގަޑިއިރުގައި ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

އެޑިޕާޓްމަންޓުން ކޮށްފައިވާ އާންމު ސިޓީއެއްގައި ބުނެފައި ވަނީ އޮގަސްޓް 1 އިން ފެށިގެން ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ގަޑިއަކީ ހެނދުނު 8:00 އިން ފެށިގެން މެންދުރު ފަހު 2:00 އަށް ކަމަށެވެ.

އެގޮތަށް ކަނޑައެޅުމާ އެކު ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ކޮންމެ މުއައްޒަފަކަށް ވެސް މެންދުރު 12:00 އިން ފެށިގެން 13:00 އާ ދޭތެރޭ 30 މިނިޓްގެ ހުސްވަގުކޮޅެއް ދޭން ވާނެ ކަމަށް އެ އެންގުމުގައި ވަނީ ބުނެފައެވެ. 

ރަސްމީ މަސައްކަތު ގަޑި އަށް ބަދަލުގެނައި ނަމަވެސް، ޝަރުއީ ދާއިރާގައި ޑިއުޓީ އުސޫލުން މަސައްކަތް ކުރާ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ އެ މުވައްޒަފަކު ޑިއުޓީކުރަން ހަމަޖެހިފައިވާ ވަގުތު ކަމަށް އެ އެންގުމުގައި ބުނެފައި ވެއެވެ.

މީގެ ކުރިން ޝަރުއީ ދާއިރާގައި މަސައްކަތް ކުރުމުގެ ރަސްމީ ގަޑިއަކީ ހެނދުނު 8:00 އިން ފެށިގެން މެންދުރު ފަހު 3:00 އާ ހަމައަށެވެ. 

ޝަރުއީ ދާއިރާގެ މަސައްކަތްކުރާ ވަގުތު ހަ ގަޑިއިރަށް މަދުކޮށްފައިވާ އިރު ސިއްޚީ ދާއިރާގައި މަސައްކަތްކުރާ ނަރުހުންނާއި ޑޮކްޓަރުންގެ ރަސްމީ ގަޑި ހަ ގަޑިއިރުން އަށް ގަޑިއިރަށް ބަދަލުކުރުމަށް އޮނިގަނޑުގައި ހިމަނާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތްކުރާ ވަގުތު ހަ ގަޑިއިރަށް އޮންނަ އިރު ނަރުހުން މަސައްކަތްކުރަންޖެހޭ ވަގުތު އިތުރުކުރާތީ އެ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް