ކ. މާލެ
|
1 އޯގަސްޓް 2018 | ބުދަ 07:31
12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން މަޖިލިސް އިދާރާގެ ބޭރުގައި
12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން މަޖިލިސް އިދާރާގެ ބޭރުގައި
މުހައްމަދު ޝަރުހާން
12 މެމްބަރުންގެ ގޮނޑި
12 މެމްބަރުން މިއަދު ޖަލްސާއަށް ދާނެ: މުސްތަފާ
ގޮނޑި ނުގެއްލޭކަން ސުޕްރީމް ކޯޓުގެ ނިންމުމުން އެނގޭ: މުސްތަފާ
މަޖިލީހުގެ ގޭޓުގައި ވަނީ ތަޅު އަޅުވައި، ޗޭނު އަޅުވާފައި: އަބުޅޯ

ގޮނޑި ގެއްލިފައިވާކަމަށް ސަރުކާރުން ބުނާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން ބުދަ ދުވަހު ބާއްވާ މަޖިލިސް ޖަލްސާއަށް ވަޑައިގަންނަވާނެކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުސްތަފާ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "12 އެމްޕީއިންގެ ގޮނޑިތައް ދިރި ސަލާމަތުން އެބަހުރިކަމަށް ސުޕްރީމް ކޯޓުން ކަށަވަރުކޮށްދީފައި ވުމާއިއެކު މާދަމާ (ބުދަ ދުވަހު) މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް އަޅުގަނޑުމެން 12 [މެމްބަރުން] މަޖިލިސްއަށް ދާގޮތަށް ނިންމައިން،" ކަމަށެވެ. 

މެމްބަރުންނާއި އަދި އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލިފައި ނުވާކަން އެނގެނީ އެމައްސަލައިގައި އެންމެ ފަހުން ސުޕްރީން ކޯޓުން ނިންމި ނިންމުމުންނެވެ. ސުޕްރީމް ކޯޓުން ދާދިފަހުން ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުގެ އޭރުގެ ބެންޗުން ނެރުނު އަމުރުގައި ހިމެނޭ 12 މެމްބަރުންގެ މައްސަލައިގައި ބައި ބާޠިލްކޮށްފައެވެ. 12 މެމްބަރުންނަށް މަޖިލީހަށް ވަދެވޭނެކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވާ ބައި މިހާރުގެ ބެންޗުން ބާޠިލްކޮށްފައިވަނީ މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ހުށަހަޅާފައިވާ މައްސަލަތަކަށް ވަކިވަކިން ހުކުމް ކުރަން ޖެހޭކަމަށް ބުނެއެވެ.

1 ފެބްރުއަރީގެ އަމުރު ނެރުނު އިރު ބެންޗުގައި ތިއްބެވި 3 ފަނޑިޔާރަކު މިހާރުވެސް ބެންޗުގައި އެބަތިއްބެވިއެވެ. 

12 މެމްބަރުންގެ މައްސަލައިގައި މިދިޔަ އެއް އަހަރުތެރޭ ފައިސަލާކުރަނިވި، ދާއިމީ ސާފު ނިންމުމެއް ޝަރުޢީ ދާއިރާއިން ނިންމާފައެއް ނުވެއެވެ. 

މެމްބަރުން މަޖިލީހަށް ވަޑައިގަންނަވާނެކަމަށް މުސްތަފާ ވިދާޅުވިފަހުން މަޖިލީގުގެ އިދާރާގެ ގޭޓުގައި އަނެއްކާވެސް ތަޅު އަޅުވައި، ޗޭނު އަޅުވާފައިވާކަމަށް 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ކުރެއްވި ޓްވީޓެއްގައިވެއެވެ. 

ގޮނޑި ގެއްލިފައިވާކަމަށް މަޖިލީހުންނާއި ސަރުކާރުން ބުނާ 12 މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި، ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި، ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި، އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި، ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި، ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދު (އަބުޅޯ) އާއި، ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި، ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ. 

މި 12 މެމްބަރުންގެ ގޮނޑި ގެއްލުނުކަމަށް ނިންމީ އެބޭފުޅުން ވެރިކަންކުރާ ޕާޓީ ޕީޕީއެމްއިން ވަކިވުމުން، އޭގެ ފަހުން ހެދި ޤާނޫނެއް ބޭނުންކޮށްގެންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް