ކ. މާލެ
|
1 އޯގަސްޓް 2018 | ބުދަ 03:30
ވޯޓަރސް ރީރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށްގެންދަނީ
ވޯޓަރސް ރީރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށްގެންދަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ރީރަޖިސްޓްރީ ކުރުމަށް ކުންފުނިތަކާއި އޮފީސްތަކުގައި ކުރާ މަސައްކަތަށް ހިތްވަރުދެން: ލޭބަރ ރިލޭޝަންސް އޮތޯރިޓީ
އެ އެތޯރިޓީން އެގޮތަށް ބުނީ "މިހާރު އޮންލައިންގައި" ޝާއިރުކުރި ހަބަރެއް ދޮގުކޮށް ނެރުނު ބަޔާނެއްގައި

ރީރަޖިސްޓްރީ ކުރުމަށް ކުންފުނިތަކާއި އޮފީސްތަކުގައި ކުރާ މަސައްކަތަށް ހިތްވަރުދޭކަމަށް ލޭބަރ ރިލޭޝަން އެތޯރިޓީ އިން ބުނެފި އެވެ. 

އެއްވެސް މުވައްޒަފަކަށް ނުފޫޒު ފޯރުވައިގެން ސިޔާސީ މަސައްކަތް ކުރުވާ ނަމަ އެ މައްސަލައެއް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީ އާއި ހަވާލާދީ "މިހާރު އޮންލައިންގައި" ޝާއިރުކުރި ހަބަރެއް ދޮގުކޮށް ލޭބަރ ރިލޭޝަން އެތޯރިޓީ އިން އާންމުކުރި ބަޔާނެއްގައި ބުނީ، އެ ހަބަރަކީ އެ އެތޯރިޓީން ދިން މައުލޫމާތާއި އެއްގޮތަށް ޝާއިއުކޮށްފައިވާ ހަބަރެއް ނޫން ކަމަށެވެ. އަދި އިންތިހާބުގައި ރީރަޖިސްޓްރީ ކުރުމަކީ ވޯޓުލާން ވީހާ ގިނަ ބަޔަކު ނިކުތުމަށް ދެވޭ ހިތްވަރަކަށްވާތީ، ރީރަޖިސްޓްރީވުމަށް އެހީތެރިވުމާއި ރީރަޖިސްޓްރީ ކުރުމުގައި ކުންފުނިތަކާއި އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒިފުން ނިކުމެ މަސައްކަތްކުރުމަކީ އެ އެތޯރިޓީން ހިތްވަރުދޭކަމެއް ކަމަށެވެ. 

ރީރަޖިސްޓްރީ ކުރުމަށް ކުންފުނިތަކާއި އޮފީސްތަކުގައި ކުރާ މަސައްކަތަށް ހިތްވަރުދޭކަމަށް ލޭބަރ ރިލޭޝަން އެތޯރިޓީ އިން ބުނިއިރު، ކުންފުނިތަކާއި އޮފީސްތަކުން ރީރަޖިސްޓްރީކުރުމަށް ފުރާ ފޯމުތައް ލިބޭނީ ޕީޕީއެމްގެ ކެމްޕޭން އޮފީހަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވިދާޅުވާ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. އެއާއެކު އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ޤާނޫނީ ވަކީލުން ވިދާޅުވެފައިވަނީ ރީރަޖިސްޓްރީ ކުރުމުގެ މަސައްކަތުގައި އޮފީސް ވަގުތުގައި މުވައްޒަފުން ހަރަކާތްތެރިވާން އެންގުމަކީ ކުށެއް ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް