އދ. މާމިގިލި
|
31 ޖުލައި 2018 | އަންގާރަ 22:37
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވާހަކަ ދައްކަވަނީ
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ވޯޓުކަރުދާސް ހޯދަދޭނަން، ޔާމީނަށް ވޯޓުކަރުދާސް ނުދީ ނުހުރެވޭނެ: ޝިފާޒު
ވޭތެވެދިޔަ ހަތަރު އަހަރު ދިވެހި ރައްޔިތުން މަސައްކަތް ކުރީ ވޯޓު ކަރުދާސް ކޮޅު ހޯދުމުގެ އުންމީދުގައި
ވޯޓު ގުނަން ޖެހޭނީ ރައްޔިތުން ކުރިމަތީގައި
ގުޅިފައިވާ ޕާޓީތަކުން އިންތިހާބު ކާމިޔާބުކުރާނަން

ދިވެހި ރައްޔިތުން އަނިޔާވެރިކަމާއި ދެކޮޅަށް މަސައްތް ކުރީ ވޯޓު ކަރުދާސް ކޮޅު ލިބޭނެ ކަމުގެ އުންމީދުގައި ކަމަށާއި ގުޅިފައިވާ ޕާޓީތަކުން ވޯޓު ކަރުދާސް ކޮޅު ދިވެހި ރައްޔިތުންނަން ހޯދަދޭނެ ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ދަގެތީ ހަނދު ޖަގަހަ އަންގާރަ ދުވަހު ހަވީރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ރަނިންގމޭޓް ފައިސަލް ނަސީމް ހުޅުއްވައި ދެއްވުމުން، އެ ޖަގަހައިގައި ހުންނަވާ ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ ދިވެހި ރައްޔިތުން މިއަދު ތިބީ އިންތިހާބު ކާމިޔާބުކޮށް، އަނިޔަވެރިންގެ ކިނބައިން ސަލާމަތްވެގެން ގެއަށް ވަންނަ ގޮތަށް ކަމަށެވެ. ވޭތެވެދިޔަ ހަތަރު އަހަރު ދުވަސް ތެރޭގައި ދިވެހި ރައްޔިތުން ރައީސް ޔާމީންގެ އަނިޔާވެރިކަމާއި ދެކޮޅަށް އެކި މަސައްކަތް ކުރެއްވީ ވޯޓު ކަރުދާސް ކޮޅު ހޯދުމުގެ އުންމީދުގައި ކަމަށާއި، ރައީސް ޔާމީނަން ވޯޓު ކަރުދާސް ކޮޅު ނުދީ ނުހިފެއްޓޭނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

" ވޯޓު ކަރުދާސް ކޮޅެއްގެ އުންމީދުގައި ކުރި މަސައްކަތެއް ކުރެއްވީ، މި އައީ އެވަގުތު، އެ ކަރުދާސް ކޮޅު އަޅުގަނޑުމެން ހޯދަދޭނަން، އެކަރުދާސް ކޮޅު ނުދީ އަބްދުﷲ ޔާމީނަކަށް ނުހުރެވޭނެ، އިންތިހާބު އަޅުގަނޑުމެން ގެނެސްދޭނަން، ތިބޭފުޅުންގެ ކުރިފުޅު މަތީގައި ވޯޓުލެވޭނީ" ޝިފާޒު ވިދާޅުވިއެވެ.

 ދަގެތި ޖަގަހަ ހުޅުވުމުގެ ރަސްމިޔާތުގެ ތެރެއިން

ޝިފާޒު ވިދާޅުވީ ދަގެތީގެ ޖަގަހަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިންމޭޓް ފައިސަލް ހުޅުއްވާދެއްވުމަކީ ލިބުނު އުފަލެއް ކަމަށާއި، އެ ޖަގަހައިގެން މަސައްކަތް ފެށުމާއި އެކު މުޅި އދ އަތޮޅުގެ ކެމްޕެއިން ހަރަކާތަށް އިތުރަށް ވަރުގަދަވެގެންދާނެ  ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އާބާދީގައި ގާތްގަނޑަކަށް 12000 މީހުން ދިރިއުޅޭ ދަގެތީ ޖަގަހަ ހުޅުވުމުގެ ރަސްމިޔާތުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިކަން ފާހަގަ ކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
31 ޖުލައި 2018 | އަންގާރަ 22:25
ޖޯކް
1200މީހުންގެ އާބާދީ