ކ. މާލެ
|
31 ޖުލައި 2018 | އަންގާރަ 22:18
މަހިބަދޫއަށް ފައިސަލް ވަޑައިގަތުމުން މަރުޙަބާ ދަންނަވަނީ
މަހިބަދޫއަށް ފައިސަލް ވަޑައިގަތުމުން މަރުޙަބާ ދަންނަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
އޮމަދޫ، މަހިބަދޫން ވެސް ފައިސަލްއަށް ހޫނު މަރުޙަބާއެއް
ދެ ރަށުގެ ކެމްޕެއިން ޓީމްތަކާއި ބައްދަލުކޮށް ދޮރުން ދޮރަށް ވަނީ ހިންގަވާފަ
މިއީ ފައިސަލްގެ ތިންވަނަ ކެމްޕެއިން ދަތުރު
ދަތުރުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ބައިވެރިވަޑައިގަންނަވާ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ރަނިންގްމޭޓް އދ އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން އެ އަތޮޅު އޮމަދޫ މަހިބަދޫ ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ރައްޔިތުން ތާއީދު ހޯދުމަށް ފައިސަލް އދ އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އޮމަދޫ މަހިބަދޫ އަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހު މެންދުރުގެ ވަގުތެއްގައެވެ. އެ ދެރަށުން ފައިސަލަށް ހޫނު މަރުޙަބާއެއް ދަންނަވާއިފައިވާއިރު، އެމަނިކުފާނު ވަނީ އެ ދެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފައެވެ.

އޮމަދޫން ފައިސަލް އަށް މަރުޙަބާ ދަންނަވަނީ

މި ދަތުރުގައި ފައިސަލްގެ އިތުރުން އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ޝަރީފާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަނާރާ ނައީމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ދެ ކައުންސިލް މެމްބަރުން ކަމަށްވާ އާދަމް އާޒިމާއި، މުހައްމަދު މަލީހު ބައިވެރިވަޑައިގެންނެވިއެވެ.

މީގެ އިތުރުން އެ ދެރަށުގެ ރައްޔިތުންގެ ހާލަތު ދެނެގަތުމަށް ރަށުގެ މުހިންމުތަންތަން ، ސުކޫލް ސިއްހީމަރުކަޒު ތަންތަނަން ޒިޔާރަތް ކުރައްވަނީ އެތަންތަނުގެ ހާލަތު ބައްލަވާލައްވާފައެވެ. ދެ ރަށުގައި ވެސް ކުޑަ ވަގުތު ކޮޅެއް ހޭދަކޮށްލަން އެމަނިކުފާނަން ލިބުނު ނަމަވެސް ދެ ރަށުގެ ބައެއް ގެތަކަށް ވަޑައިގެން ރައްޔިތުންގެ ތާއީދު ހޯދުމަށް ދޮރުން ދޮރަން ވަނީ ހިންގަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް