ކ. މާލެ
|
31 ޖުލައި 2018 | އަންގާރަ 20:05
އަދާލަތު ޕާޓީގެ ލީޑަރު ޝެއިޚް އިމްރާން އަބްދުﷲ
އަދާލަތު ޕާޓީގެ ލީޑަރު ޝެއިޚް އިމްރާން އަބްދުﷲ
ގޫގުލް
އަދާލަތު ޕާޓީ
ދިވެހި ޒުވާނުންގެ ތެރޭގައި ޝަރީކުކުރާ ޒުވާނުން ހިމެނޭ ކަމަށް ރައީސް ޔާމިން ވިދާޅުވި ވިދާޅުވުން އަދާލަތު ޕާޓީ އިން ކުށްވެރިކޮށްފި
ރައީސް ޔާމިން މި ޖުލައި 29 ގައި ވިދާޅުވީ އަޅުގަނޑުމެންގެ ޒުވާނުންގެ ތެެރޭގައި ޝަރީކު ކުރާ ޒުވާނުން މަދު ނޫން ކަމަށް

ދިވެހި ރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމުން އުޅޭ ގައުމަކަށްވާއިރު ދިވެހި ޒުވާނުންގެ ތެރެއިން ޝަރީކު ކުރާ ޒުވާނުން މަދު ނޫން ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީން ގިނަ ދިވެހި ޒުވާނުންގެ ބޮލުގުއި ކުފުރުގެ އިލްޒާމް އެޅުވުމަކީ ވަރަށް ކަންބޮޑުވާކަމެއް ކަމަށް އަދާލަތު ޕާޓީ އިން ބުނެފިއެވެ. 

ޓްވިޓާ މެދުވެރިކޮށް އަދާލަތު ޕާޓީ އިން އަންގާރަ ދުވަހު ބުނީ ރައީސް އަބްދުﷲ ޔާމިން، އިސްލާމް ދީނާ ގުޅުވައިގެން މިފަދަ ވާހަކަ ދެއްކުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. އަދާލަތު ޕާޓީ އިން ބުނީ ރައީސް އަބްދުﷲ ޔާމިން މުސްލިމުން ދައްކަން ކަމުނުދާ ކަހަލަ ދީނާ ޚިލާފަށް އެތައް ވާހަކަތަކެއް ދައްކާ ޒުވާނުންނަށް ނުރަނގަޅު ނަމޫނާއަކަށްވެ ހުރެ، ޒުވާނުން ބަދުނާމުކުރުމުގެ ބަދަލުގައި މުސްލިމު ވެރިންވާންވާނީ ޒުވާނުންނަށް ހެޔޮ ނަމޫނާދައްކާ ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު މަގުދައްކާ ބަޔަކަށް ކަމަށެވެ. 

 

ސެޕްޓެމްބަރު 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމިނަށް ރަސްމީކޮށް އެރުވުމަށް ޖުލައި 29 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމިން ދިވެހި ޒުވާނުން ޝަރީކު ކުރުމާ ގުޅޭގޮތުން ވިދާޅުވި ބަސްފުޅު ބައްލަވާލައްވާ: 

ރައީސް އަބްދުﷲ ޔާމިންގެ ސަަރުކާރަށާއި އަދި ޚުދު އެމަނިކުފާނަށް ވަނީ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތާއި މަގާމުގެ ނާޖައިޒު ފައިދާ ނަގަމުންދާ ކަމަށާއި، ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގަތް ވައުދުތައް ނުފުއްދަވާކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ. އަދި އިސްލާމް ދީން އައްޑަނައަކަށް ބޭނުންކޮށް ބޮޑެތި ޖަރީމާތައް ހިންގަވަން އިސްލާމް ދީން ނިވާފަތްގަނޑަކަށް ހައްދަވާކަމުގެ ތުހުމަތު ވެސް ވަނީ ކުރެވިފައެވެ. ރިޔާސީ އިންތިޚާބު 23 ސެޕްޓެމްބަރު ގައި އޮންނައިރު ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނަމުން ގެންދަނީ ރައީސް ޔާމިން ބޮޑުތަނުން ބަލިކުރާނެ ކަމަށާއި އެމަނިކުފާނަށް ދެވަނަ ދައުރު ހައްގު ނޫން ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް