ކ. މާލެ
|
31 ޖުލައި 2018 | އަންގާރަ 20:00
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
ނުހައްގު މުއްސަނދިކަން: ކުށަކަށް ހަދަން ހުށަހެޅިކަން ޕީޕީއެމަށް ބުނެނުދެވުނު!
ސުވާލު ކުރުމުން އަބްދުއްރަހީމް ވަނީ ކޯފާ އިސްކުރައްވާފައި
ރިޝްވަތުގެ ކުށާ ގުޅޭ އެހެން ބިލެއް ވަނީ ހުށަހަޅާފައި
ނުހައްގު މުއްސަނދިކަން ހޯދިކަމުގެ ތުހުމަތު އަދުރޭ އާއި ނިހާނަށް

ނުހައްގު މުއްސަނދިކަން ހޯދުމަކީ ކުށެއް ކަމަށް ކަނޑައަޅަން ގާނޫނުލް އުގޫބާތަށް އަލަށް ހުށަހެޅި އިސްލާހުގައި ހިމަނާފައިވާނެތޯ ސުވާލު ކުރުމުން، އެ ސުވާލަށް ޖަވާބު ދިނުމަށް ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ދެކޮޅު ހަދައިފިއެވެ.

ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުވާލެވޭ ގޮތަށް ހުށަހެޅި ބިލަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ޕީޕީއެމުން ވަނީ ގާނޫނުލް އުގޫބާތަށް އަނެއްކާވެސް އިސްލާހެއް ހުށަހަޅާފައެވެ. ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި ބިލުގައި ރިޝްވަތުގެ ކުށް އަލުން ހިމަނާފައިވުމުން، ނުހައްގު މުސްދަނދިކަން ހޯދާ ފަރާތްތަކަށް ދައުވާ ކުރެވޭ ގޮތަށް އިސްލާހު ހުށަހަޅާފައިވާނެތޯ ރާއްޖެއެމްވީ ޕީޕީއެމް ޕީޖީ ގްރޫޕާ ވަނީ ސުވާލުތަކެއް ކުރިމަތިކޮށްފައެވެ.

އެސުވާލުތައް ކުރިމަތިކުރި ސަބަބަކީ އާ ގާނޫނުލް އުގޫބާތު 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރިއިރު ވެސް، ނުހައްގު މުއްސަނދިކަން ހޯދާ ފަރާތްތަކަށް އަދަބު ދެވޭ ގޮތަށް އެ ބިލު ފަރުުމާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މަޖިލީހުގައި އެދުމުން ވެސް، އެގޮތަށް ބިލު ފަރުމާކުރުމަށް މަޖިލީހުން ވަނީ ދެކޮޅު ހަދާފައެވެ.

ޕީޕީއެމް ޕީޖީ ގްރޫޕުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން

ނުހައްގު މުއްސަނދިކަން ހޯދާ ފަރާތްތަކަށް އަދަބު ދެވޭ ގޮތަށް އަލަށް ހުށަހެޅި ބިލުގައި ހިމަނާފައިވާނެތޯ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކަށް ސުވާލު ކުރުމުން، އޭނާ ވަނީ އެ ބައިތައް ބިލުގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވެ، ބޯ ޖައްސަފާއެވެ. ނަމަވެސް ޖަވާބު ދެއްވަމުން، ނިހާން ތަފްސީލުކޮށް ދެއްވީ ދައުލަތުގެ މުވައްޒަފުން ރިޝްވަތުގައި ހިފުމަކީ އަދަބު ކަނޑައެޅިގެންވާ ކުށެއް ކަމަށް ބަޔާންކުރާ މާއްދާއެވެ. ނުހައްގު މުސަނދިކަމާ ގުޅޭ ބައިތަކެއް ނިހާނަކަށް ވިދާޅެއް ނުވެވުނެވެ.

ނުހައްގު މުއްސަނދިކަމަކީ ކުށެއް ކަމަށް ބިލުގައި ބަޔާންކޮށްފައިވާނެތޯ އެ ބިލު ހުށަހެޅުއްވި ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަބްދުއްރަހީމާ ސުވާލު ކުރުމުން އޭނާ ޖަވާބު ނުދެއްވައި، ކޯފާ އިސްކުރައްވައި ރާއްޖެޓީވީއަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރެއްވިއެވެ.

"އަޅުގަނޑު ކިޔާފަ އޮންނާނީ. ރާއްޖެޓީވީ މީހުން ކަންތައް ކުރާ ގޮތަކަށް ނޫނޭ ޕީޕީއެމަށް ނިސްބަތްވާ ބޭފުޅުން ކަންތައް ކުރައްވާނީ. ވަރަށް ބޮޑަށް ޒާތީވީމަ އެއްޗެއް ދަންނަވާލަން މިޖެހެނީ. ތިބޭފުޅުން އެބަޖެހޭ ވަކި މިންގަނޑެއްގެ ތެރޭގައި މަސައްކަތް ކުރަން،" ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް: ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވީ ކޯފާ އިސްކުރައްވައި

ނުހައްގު މުއްސަނދިކަން ހޯދުމަކީ ޖިނާއީ ކުށެއްކަން ގާނޫނުގައި ލިޔަން، ދެކޮޅު ހަދަމުންދާއިރު، ނިހާނާއި އަބްދުއްރަހީމް ނުހައްގު މުއްސަނދިކަން ހޯދާކަމުގެ ތުހުމަތު ދަނީ ކުރަމުންނެވެ. އެގޮތުން އަބްދުއްރަހީމާއި އޭނާގެ އަނބިކަނބަލުން ދިޔާނާ ހުސައިން ފެންވަރު މަތީ ފްލެޓެއްތަކެއް އެފްޑަބްލިޔު ކޮންސްޓްރަކްޝަނުން މާލޭގައި އިމާރާތް ކުރި "ރެހެންދި-6" އިން ވަނީ ބައްލަވައިގެންފައެވެ. އަބްދުއްރަހީމްގެ ދެކަނބަލުން ބައްލަވައިގަތް ދެ ފްލެޓުގެ އަގު، ނުވަ މިލިއަން ރުފިޔާއަށް އަރައެވެ. އަދި ހުޅުމާލޭގައި މަތީ ފެންވަރުގައި ހަދާފައިވާ ޕްލެޓިނަމް ރެސިޑެންސްއިންއިން ނިހާންގެ ދަރިކަލުން، މުހައްމަދު އަލާން އަހުމަދަށް 4.7 މިލިއަން ރުފިޔާގެ ފުލެޓެއް ވަނީ ގަނެދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް