ކ. މާލެ
|
31 ޖުލައި 2018 | އަންގާރަ 14:53
ހުޅުލެއިން ހުޅުމާލެ ގުޅުވައިދޭ މަގު
ހުޅުލެއިން ހުޅުމާލެ ގުޅުވައިދޭ މަގު
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
އެޗްޑީސީ
ހުޅުމާލެ ލިންކު ރޯޑުގައި ތާރު އަޅަން ފަށައިފި
ހުޅުލެ ފަޅިން ބްރިޖްގުޅޭ ހިސާބުން މެދާ ހަމައަށް ތާރު އަޅާފައި
މިލިންކް ރޯޑްގައި ހުރިހާ ވައްތަރެއްގެ ވެހިކަލް ދުއްވޭ

މާލެއާއި ހުޅުމާލެއާ ދެމެދު އަޅާ ބްރިޖާ ގުޅުވައިގެން ހުޅުލެއިން ފެށިގެން ހަދާ ލިންކް ރޯޑުގެ ތާރު އަޅަން ފަށައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން(އެޗްޑީސީ)އިން ބުނީ ލިންކް ރޯޑްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ހުޅުލެ ފަޅިން ބްރިޖްގުޅޭ ހިސާބުން މެދާ ހަމައަށް ތާރު އަޅާފައިވާ ކަމަށެވެ.

ނަމަވެސް ލިންކް ރޯޑުގައި ތާރުއަޅާ ނިންމާނެ ވަކި ތާރީހެއް އެޗްޑީސީން ހާމައެއް ނުކުރެއެވެ. ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށް ތޮށިލުމުގެ މަސައްކަތް ކުރިއަށްދާއިރު އެ މަގުގެ އަރިމަތިން ހިނގަން ކަނޑައަޅާފައިވާ ޕޭވްމަންޓް ވެސް އެއްކޮށް ހަދާ ނިމިފައިވާ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. 

ހުރިހާ ވައްތަރެއްގެ ވެހިކަލް ދުއްވޭ ގޮތަށް ތަރައްގީ ކުރާ މިލިންކް ރޯޑް ޑިޒައިންކޮށް ތަރައްގީ ކުރަން ޗައިނާގެ ހުނާން އިންޖިނިއަރިންއާ ހަވާލުކުރީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށެވެ.

މީގެ އިތުރުން ބްރިޖާ ގުޅޭ މާލޭގެ މަގުތައް ފުޅާކޮށް ތާރުއަޅައި ހެދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން، މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑުތަކުރުފާނުގެ މަގުގައި ހަތަރު ލޭން ހިމެނޭ ގޮތަށް 16 މީޓަރަށް ފުޅާކުރަން ވަނީ ނިންމައިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް