ކ. މާލެ
|
31 ޖުލައި 2018 | އަންގާރަ 15:54
އިބޫ ބ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
އިބޫ ބ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
އިބޫ މަތީ ތައުލީމު ހާސިލް ކުރެއްވީ އޮސްޓްރޭލިއާ އިން: މާރިޔާ
އިބޫގެ ތައުލީމާ ގުޅޭ ގޮތުން ދައްކަނީ ބޭކާރު ވާހަކަ: މާރިޔާ
ރައީސް ޔާމީނަށް ހުރިހާ އެއްޗެއް އެނގިފައިވާ ކަމަށް ހީކުރުން އެއީ މައްސަލައެއް

އިބޫ މަތީ ތައުލީމު ހާސިލު ކުރެއްވީ އޮސްޓްރޭލިޔާ އިން ކަމަށާއި އިބޫގެ ތައުލީމާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކަކީ ތާކުންތާކުޖެހޭ ވާހަކަތަކެއް ނޫން ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

"އިބޫއަށް އިނގިރޭސި ބަހުން ބަސްފުޅެއް ވިދާޅުވަން ނޭންގޭނެއޭ ކިޔާ ދައްކާ ވާހަކަތަކަކީ މިހާރުގެ މުޖުތަމައުއާއި ނުގުޅޭ ވާހަކަތައް. ރައީސް ޔާމީނަށް ރައީސް ޔާމީން އެކަންޏޭ ކިޔަވާ ވިދާޅުވެގެން ހުންނެވީ ނުވަތަ އިގްތިސާދީ ކަންކަން އެނގެވަޑައިގަންނަވާނީ ހަމައެކަނި ރައީސް ޔާމީނަށޭ ވިދާޅުވީމާ ކިހިނެތްތޯ ވާނީ." މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އިގްތިސާދީ ކަންކަން ބައްޓަން ކުރެއްވި ގޮތުން، އެމަނިކުފާނަކީ އިގްތިސާދީ މާހިރެކޭ ބުނެފިއްޔާ ރައްޔިތުން ބިރުން ފިލާވަރުވާނެ ކަމަށެވެ. މާރިޔާ ވިދާޅުވީ، އެހެން މީހުންނަކީ ތަންދޮރު ނޭންގޭ މީހުން ކަމަށް ދެކުމަކީ މިސަރުކާރުގެ އެންމެ ބޮޑު މައްސަލަ ކަމަށާއި އެހެން ނަމަވެސް މިރާއްޖޭގެ ރައްޔިތުންނަކީ ކިޔަވައިގެންތިބި ތަންދޮރު ދަންނަ އަދި ވިސްނޭ ބައެއް ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
2 އޯގަސްޓް 2018 | ބުރާސްފަތި 06:31
ހުސައިން
އޮސްޓްރޭލިޔާގެ ކިތައްމެ ޔުނިވާސިޓީއެއް ކޮލެޖެއް ،ސްކޫލެއް، ޖާމިޔާއެއް، މަކުތަބެއް މަދަރުސާއެއް، ކެންޕަހެއް ހުރެދާނެ. ކިޔެވިތަނެއްގެ ނަމެއް ވިދާޅުނުވީ މާއަވަހަކަށް ބުޅާގޯނިން ނިކުމެ ފަޅާއަރާފާނެތީ. އޭނާކިޔެވީ ބޭދާޅީން ހަވާބޮޑުއެދުރު ކަލޭފާނުގެ އަރިހުން
31 ޖުލައި 2018 | އަންގާރަ 08:39
އޭނަ
ތޭންކްސް މާރިޔާ ފޮރ ކްލިއަރިންގ އިޓް އަޕް! އެހެން ނޫނަސް ސެޓްފިކެޓެއް އޮތެކޭ ކިޔާފަ ކޮންމެ ކޮންމެ މީހަކީ ތަންދޮރު އިނގޭ މީހަކަށް ނުވާނެ. ކިޔެވިޔަސް ނުކިޔެވިޔަސް ތާޢީދު އޮތީ އިބޫއަށް! ހަޖަމް ޕްލީޒް.