ކ. މާލެ
|
31 ޖުލައި 2018 | އަންގާރަ 16:59
ފުލުހުން ހޯދަމުންދާ ދެ މީހުން
ފުލުހުން ހޯދަމުންދާ ދެ މީހުން
ޕޮލިސް
ފުލުހުން ހޯދަމުންދާ މީހެއް
ފުލުހުން ތަޙްޤީޤު ކުރަމުންދާ މައްސަލަތަކަކާ ގުޅިގެން ދެ މީހަކު ހޯދަނީ
ހޯދަނީ ޑްރަގް އެންފޯސްމެންޓްއިން ތަހްގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙްޤީޤު ކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން, ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

އެ ދެ މައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ، މިލްކޯރާގެ، މޫސާ ޙުސައިން (32އ) އާއި ސ.ހިތަދޫ، ޚަރުދަލުގެ، ޢަބްދުﷲމަނިކުފާނު (37އ) އެެވެ.

ފުލުހުން ވަނީ އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9660126 އަށް ގުޅުއްވައި ޙިއްސާ ކުރެއްވުމަށް އެދިލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް