ކ. މާލެ
|
31 ޖުލައި 2018 | އަންގާރަ 13:37
ފައިސަލް އޮމަދޫއަށް ވަޑައިގަތުމުން ޙޫނު މަރުޙަބާއެއް ދަންނަވަނީ
ފައިސަލް އޮމަދޫއަށް ވަޑައިގަތުމުން ޙޫނު މަރުޙަބާއެއް ދަންނަވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
އެއްވެސް ރަށެއްގައި ރައީސް ޔާމީނަކަށް ވަކި ބޮޑު ތާއިދެއް ނެތް: ޝިފާޒު
ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި
ރަށްރަށުގެ އޮފީސްތަކުގައި ވެސް ރީރަޖިސްޓްރީ ކުރުން ކުރިއަށް ގެންދޭ
ދަތުރުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ބައިވެރިވަޑައިގަންނަވާ

ރާއްޖޭގެ އެއްވެސް ރަށަކުން ރައީސް އަބްދުﷲ ޔާމީންނަން ވަކި ބޮޑު ތާއިދެއް ނެތް ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

އދ އަތޮޅަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓްގެ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންގްމޭޓް ފައިސަލް ކުރައްވާ ދަތުރުގެ ތެރެއިން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ޝިފާޒު ވިދާޅުވީ ކެމްޕެއިން ދަތުރުތަކުން ރައީސް އަބްދުﷲ ޔާމީނަން ވަކި ބޮޑު ތާއިދެއް އޮތް ރަށެއް ނުފެންނަ ކަމަށެވެ. ކެމްޕެއިން ދަތުރުތަކުގައި ރަށްތަކަށް ވަޑައިގެންނެވުމުން ފެންނަނީ ރައްޔިތުން ރައީސް އަބްދުﷲ ޔާމީނަށް، ނޭދޭ މަންޒަރުކަމާއި، ބަދަލެއް ބޭނުންވެފައިވާ މަންޒަރުކަމަށް ޝިފާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާޒު ވިދާޅުވީ މިއަދު ރައީސް ޔާމީންގެ ސަރުކާރުން ކަންކަންކުރައްވާ ގޮތުން ރައްޔިތުންގެ ބޮޑަތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ރީރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް ގެންދާ ގޮތާއިމެދު ރައްޔިތުންގެ ބޮޑަތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ.

ފައިސަލް ހައްޏާމީދޫ ރައްޔިތުންނާއި ބައްދަލުކުރައްވަނީ

"މިފަހަރު މި އިންތިހާބު އަޅުގަނޑުމެން ހޯދާނަން، އިންތިހާބުގެ ވޯޓުލުމުގެ ޙައްގު އަޅުގަނޑުމެން ހޯދާނަން، ވޯޓުލުމުގެ ޙައްގު ވެސް ކަށަވަރުކުރާނަން، އަޅުގަނޑުމެން މި ވޯޓުގައި ވަގުޖެހުމުގެ ފުރުޝަތެއް އަބްދުﷲ ޔާމީނަން ނުދޭނަން" ޝިފާޒު ވިދާޅުވިއެވެ،

އެގޮތުން ރަށްރަށުގައި ސަރުކާރުގެ އެކި މުވައްސަސާތަކުގެ ވެރިން އޮފީހަށް ރީރަޖިސްޓްރޭޝަން ފޯމްތަށް ގެންގޮސްގެން ރީރަޖިސްޓްރީގެ މަސައްކަތް ކުރަމުންދާ ކަމަށް ޝިފާޒު ފާހަގަކުރެއްވިއެވެ.

ދެ ދުވަހުގެ މި ދަތުރުފުޅުގައި ހޯމަ ދުވަހު ފައިސަލް ވަނީ މަންދޫ، ފެންފުށީ، ދިއްދޫ އަދި ދިގުރަށަށް ވަޑައިގެންފައެވެ. އަންގާރަ ދުވަހު ހަންޏާމީދޫ، އޮމަދޫ، މަހިބަދޫ، ކުނބުރުދޫ އަދި މާމިގިއްޔަށް ވަޑައިގަންނަވާނެއެވެ. ފައިސަލް އަންގާރަ ދުވަހު ހަންޏާމީދޫ އަށާއި އޮމަދޫއަށް ވަޑައިގަތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މި ދަތުރުގައި ފައިސަލްގެ އިތުރުން އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ޝަރީފާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަނާރާ ނައީމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ދެ ކައުންސިލް މެމްބަރުން ކަމަށްވާ އާދަމް އާޒިމާއި، މުހައްމަދު މަލީހު ބައިވެރިވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް