ކ. މާލެ
|
31 ޖުލައި 2018 | އަންގާރަ 11:41
ހަންޏާމީދޫއިން ފައިސަލް އަށް މަރުޙަބާ ދަންނަވަނީ
ހަންޏާމީދޫއިން ފައިސަލް އަށް މަރުޙަބާ ދަންނަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ހަންޏާމީދޫން ރަނިންގމޭޓް ފައިސަލްއަށް ޙޫނު މަރުޙަބާއެއް ދަންނަވައިފި
މި ބައްދަލުވުމުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިކަން ފާހަގަކޮށްލެވޭ
މިއީ ފައިސަލްގެ ތިންވަނަ ކެމްޕެއިން ދަތުރު
ދަތުރުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ބައިވެރިވަޑައިގަންނަވާ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންގްމޭޓް ފައިސަލް ނަސީމް ހަންޏާމީދޫއަށް ވަޑައިގަތުމުން އެރަށު ރައްޔިތުން ޙޫނު މަރުޙަބާއެއް ދަންނަވާއިފިއެވެ.

ފައިސަލް ހަންޏާމީދޫއަށް ވަޑައިގެންނެވީ އަންގާރަ ދުވަހު ހެނދުނެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިކުރައްވާ ރައްޔިތުން ފައިސަލްއަށް މަރުޙަބާ ދަންނަވާފައި ވަނީ އެރަށު ބަނދަރު ސަރަހައްދުންނެވެ. މިދަތުރުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބައެއް އިސްވެރިން ބައިވެރިވަޑައިގަންނަވާއިރު، ފައިސަލް ވަނީ ހަންޏާމީދޫގައި ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ އަންމު ރައްޔިތުން ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ފައިސަލްގެ އިތުރުން އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަނާރާ ނައީމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ދެ ކައުންސިލް މެމްބަރުން ކަމަށްވާ އާދަމް އާޒިމާއި، މުހައްމަދު މަލީހު ބައިވެރިވަޑައިގެންނެވިއެވެ.

ފައިސަލް ހަންޏާމީދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ

ދެ ދުވަހުގެ މި ދަތުރުފުޅުގައި ހޯމަ ދުވަހު ފައިސަލް ވަނީ މަންދޫ، ފެންފުށީ، ދިއްދޫ އަދި ދިގުރަށަށް ވަޑައިގެންފައެވެ. އަންގާރަ ދުވަހު ހަންޏާމީދޫ، އޮމަދޫ، މަހިބަދޫ، ކުނބުރުދޫ އަދި މާމިގިއްޔަށް ވަޑައިގަންނަވާނެއެވެ. މި ދަތުރުގައި ފައިސަލް ދެން ވަޑައިގެންނުމަށް ހަމަޖެހިފައި ވަނީ އެ އަތޮޅު މަހިބަދޫއަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް