ކ. މާލެ
|
31 ޖުލައި 2018 | އަންގާރަ 11:05
ޖޭއެސްސީގެ މެމްބަރުކަމަށް އައްޔަން ކުރެއްވި ރޭނީސް ސަލީމް
ޖޭއެސްސީގެ މެމްބަރުކަމަށް އައްޔަން ކުރެއްވި ރޭނީސް ސަލީމް
ރައީސް އޮފީސް
ޖޭއެސްސީ
ރައީސްގެ މެމްބަރެއްގެ ގޮތުގައި ރޭނީސް ސަލީމް ޖޭއެސްސީއަށް އައްޔަންކޮށްފި
ވަހީދުގެ ވެރިކަމުގައި ވެސް ޖޭއެސްސީގެ މެމްބަރުކަން ކުރެއްވި

ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް ގާނޫނީ ވަކީލު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އައްޔަންކޮށްފިއެވެ.

އޭނާ ޖޭއެސްސީއަށް އައްޔަން ކުރެއްވީ ޖޭއެސްސީއަށް ރައީސް ޔާމީން އައްޔަން ކުރައްވާފައިވާ މުހައްމަދު ފައިސަލް ހައި ކޯޓު ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެން، ޖޭއެސްސީގެ މެމްބަރުކަމުގެ މަގާމު ހުސްވުމުންނެވެ.

ރޭނީސް ސަލީމް ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވިއިރު، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ވެސް އޭނާ ވަނީ ޖޭއެސްސީގެ މެމްބަރުކަން ކުރައްވާފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ މަގާމުން ވަކިކުރައްވާފައެވެ.

ފަނޑިޔާރުންނާ ގުޅޭ ގޮތުން އުފުލާ ޝަކުވާތައް ބެލުމާއި އެފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވާ ޖޭއެސްސީއަކީ 10 މެމްބަރުންގެ މައްޗަށް އުކުލެވޭ ކޮމިޝަނެކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް