ކ. މާލެ
|
31 ޖުލައި 2018 | އަންގާރަ 10:23
އައްޑޫގައި ގެއްލިގެން ހޯދަމުންދިޔަ މީހާގެ ހަށިގަނޑު
އައްޑޫގައި ގެއްލިގެން ހޯދަމުންދިޔަ މީހާގެ ހަށިގަނޑު
ރާއްޖެ އެމްވީ
ގެއްލިގެން މީހަކު ހޯދުން
އައްޑޫގައި ގެއްލިގެން ހޯދަމުންދިޔަ މީހާ މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
ގެއްލުނުކަން ރިޕޯޓު ކުރީ ރޭ ދަންވަރު
މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު
މަރުވެފައި އޮއްވާ ފެނުނީ ހިތަދޫ މީހެއް

އައްޑޫ ސިޓީން ގެއްލިގެން ހޯދަމުން ދިޔަ މީހާ މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ އެވެ.

މަރުވެފައި އޮތްވައި ފެނިފައި ވަނީ ސ. ހިތަދޫ، ގޯޔާވިލާ އުމުރުން 80 އަހަރުގެ އަބްދުﷲ މަނިކުފާނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައްޑޫ ސިޓީން 80 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯމަ ދުވަހުގެ ރޭ 12:43 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 08:05 ހާއިރު ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޮފިޝަލް ވިދާޅުވީ ފެނުނީ މޫދުން ކަމަށާއި ފެނުނުއިރު މަރުވެފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންްގޮސްފައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އަބްދުﷲ މަނިކުފާނު ގެއްލިގެން ހޯދަން ފެށީ ހޯމަ ދުވަހުގެ ހަވީރު 5:30 ހާއިރުން ފެށިގެންނެވެ. އޭނާ ފެނިފައިވަ ނީ އާއްމުކޮށް އޭނާ މޫދަށް ގޮސް އެރި އުޅޭ ހިސާބާއި މާދުުރު ނޫން ހިސާބަކުންނެވެ. އަބްދުﷲ މަނިކުފާނު އާއްމު ގޮތެއްގައި މޫދަށް ގޮސް އުޅެނީ ހިތަދޫ ލިންކު ރޯޑުގައި ހުންނަ ރޮޔަލް ރެސްޓޯރެންޓާއި ދިމާލަށް ކަމަށްވެއެވެ.

އަބްދުﷲ މަނިކުފާނަކީ މިދިޔަ އަހަރު ސެޕްޓެމްބަރ މަހު އިންޑިއާއަށް ބޭސް ފަރުވާއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދާތާ، އެއް ދުވަސް ފަހުން ފެނުނު މީހެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް