ކ. މާލެ
|
31 ޖުލައި 2018 | އަންގާރަ 07:14
ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު
ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު
އަޒުމޫން އަހުމަދު
ފަލަ ސުރުޚީ
އިންސާފުވެރި އިންތިޚާބަކަށް ފުރުސަތު ނުދީފި ނަމަ ހިނގާނެ ނުބައި މާބޮޑުވާނެ: ނިޒާރު
މި ފަސްއަހަރުތެރޭގައި ރައްޔިތުން ކެތްތެރިކަމާއި އެކު ތިބީ އިންތިޚާބު ލިބިގަތުމަށް
ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ފޭރިގަތުމަކީ އިސްލާމީ ރިވެތި ސިފައެއް ނޫން
އިންތިޚާބެއް އޮޅުވާލަން އުޅުމަކީ ރައްޔިތުން ގަބޫލުކުރާނެ ކަމެއް ނޫން

މިނިވަން އިންސާފުވެރި އިންތިޚާބަކަށް ސަރުކާރުން ފުރުސަތު ނުދީފި ނަމަ ދެން ހިނގާނެ ގޯސްތަކާއި ގެއްލުން މާބޮޑުވާނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިޚާބެއް ލިބިގަތުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރަމުންގެންދާ މަސައްކަތުގައި ރައީސް އަބްދުﷲ ޔާމީނާއި، އެމަނިކުފާނުގެ ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

ދިވެހިރާއްޖެގެ އުއްތަމަ ފަނޑިޔާރާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް މުހައްމަދު ނަޝީދާއި އަދިވެސް ސިޔާސީ ހުރިހާ ލީޑާރުން ޖަލަށްލާ އިންސާފެއް ނެތި ޝަރީއަތްތައް ކުރިއަށް ދާއިރު، މި ފަސް އަހަރުތެރޭގައި ކެތްތެރިކަމާއިއެކު ރައްޔިތުން ބަލަހައްޓައިގެން ތިބީ ސެޕްޓެމްބަރުގައި 23 ބާއްވާ ރިޔާސީ އިންތިޚާބު ލިބިގަތުމަށް ކަމަށެވެ.

އިންތިހާބު އޮޅުވާލުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް ބައެއް މީހުން ތުހްމަތުކުރާއިރު، އެކަމަށް އިޝާރަތް ކުރައްވައި ނިޒާރު ވިދާޅުވީ އޮޅުވާލައިގެން އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތް ކޮށްފި ނަމަ ހީނުކުރާ ވަރުގެ ކަންކަން ހިނގައިގެން ގޮސްދާނެ ކަމަށެވެ. އެކަކު އަނެކަކަށް އަދާވާތްތެރިވެ އެކަކު އަނެކަކަށް މާރާމާރީ ހިންގާ ގައުމަކަށް މި ގައުމު ވާން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"ފެނިގެން މިދަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23ގައި ބާއްވާ އިންތިޚާބު ލިބިގަތުމަށް ރައްޔިތުން ކުރި އުއްމީދު. އިންތިޚާބުގެ ލިބިގަތުމަށް އިންތިޚާބުގެ ތެރެއަށް ގަދަކަމުން އަތް ބާނަން މަސައްކަތް ކޮށްފިނަމަ ފެނިގެންދާނީ ނުރަނގަޅު ކަންތައްތަކެއް،" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ އިސްލާމްދީނުގެ ވާހަކަތައް އެންމެ ގިނައިން ދައްކަވަނީ ރައީސް ޔާމީނާއި ޕީޕީއެމްއަށް ނިސްބަތްވާ ބޭފުން ކަމަށާއި އިސްލާމީ ރިވެތި އުސޫލްތަކާއި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ފޭރިގަތުމަކީ އިސްލާމީ ރިވެތި ސިފައެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ އިންތިޚާބެއް އޮޅާލުން ވެގެންދާނީ މާނުބައި އަމަލެއްގެ ގޮތުގައި ކަމަށް އޭނާ ސިފަ ކުރެއްވިއެވެ.

ބާރު އޮތީތީ އެކަން އެގޮތަށް ކުރަން ވިސްނުމަކީ ވިޔާނުދާ ކަމެއް ކަމަށާއި ރާއްޖޭގެ ރައްޔިތުންވެސް އަދި އެއީ މުޅި ދުނިޔެ ވެސް ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
31 ޖުލައި 2018 | އަންގާރަ 03:54
Shiyam
ބޮޑު ހުޅު އަޔަކަ ނުދޭނަން