ކ. މާލެ
|
31 ޖުލައި 2018 | އަންގާރަ 00:01
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
ދެފުށްފެންނަ ޝަރީއަތެއް ހިންގައިގެން ނޫނީ ރައީސް ޔާމީނަށް އަދަބު ނުދޭނަން: ޝިފާޒު
މެނިފެސްޓޯގެ އެންމެ އިސް އެއްވައުދަކީ އިންސާފު
ޖުޑިޝަރީ ރިފޯމް ކުރުމުގެ މަސައްކަތް ކުރާނަން
ދެފުށްފެންނަ ޝަރީއަތްތަކުގެ ތެރެއިން ގެއްލުން ލިބުނު ފަރާތްތަކަށް ގެއްލުމުގެ ބަދަލު ލިބޭނެ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ރައީސް ޔާމީނަން ވެސް އަދަބުދޭނީ ދެފުއްފެންނަ ޝަރީއަތެއް ހިންގާގައިގެން ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ތާއިދު ހޯދެއްވުމަށް އދ އަތޮޅަށް ކުރާއްވާ ދެ ދުވަހުގެ ކެމްޕެއިންގެ ދަތުރުގެ ތެރެއިން ހޯމަ ދުވަހުގެ ރޭ މާމިގިލީ ކެމްޕެއިން ޓީމާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކު މެނިފެސްޓޯގައި އެންމެ ބޮޑު އެއް ވައުދަކީ އިންސާފު ކަމަށެވެ. ދުފުށްފެންނަ ޝަރީއަތެއް ހިންގައިގެން ނޫނީ އެއްވެސް ދިވެހި ރައްޔިތަކަށް އަދަބު ނުދޭނެ ކަމަށާއި، ހަމަ އެއުސޫލުން ރައީސް ޔާމީނަށް ވެސް އަދަބު ދެއްވާނީ ދެފުށްފެންނަ ޝަރީއަތެއް ހިންގައިގެން ކަމަށް ޝިފާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެއްވެސް ރައްޔިތަކަށް އަދަބެއް ނުދޭނަން ގާނޫނީ އެބުނާ ތަރަހާގެ ތެރެއިން ޓްރާންސްޕޭރެންޓް ޖުޑީޝަލް ޕްރޮސެސްއެއް ހިންގައިގެން ނޫނިއްޔާ، ދެ ފުށްފެންނަ ޝަރުއީ މަރުހަލާއެއް ހިންގައިގެން ނޫނިއްޔާ ރައީސް ޔާމީނަށް ވެސް އަދަބެއް ނުދޭނަން" ޝިފާޒު ވިދާޅުވިއެވެ.

ރާއްޖޭގައި އިންސާފު ގާއިމުކުރުމަށްޓަކައި ޖުޑިޝަރީ ރިފޯމް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި، އެކަން ކުރެއްވުމުގެ ނަތީޖާއަކަށް ވާނީ ނުހައްގުން އަދަބުތައް ދިން މީހުން ޖަވާބުދާރީވާން ޖެހުންކަމަށާއި، ރައީސް ޔާމީންގެ ސަރުކާރުން އެކި އެކި ގެއްލުންދީފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ލިބިގެން ދިއުން ކަމަށް ޝިފާޒު ފާހަގަކުރެއްވިއެވެ.

 މާމިގިލި ކެމްޕެއިން ޓީމާއި ފައިސަލް ބައްދަލުކުރައްވަނީ

މި ދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ދެ މެމްބަރުން ކަމަށްވާ އާދަމް އާޒިމާއި، މުހައްމަދު މަލީހު ބައިވެރިވަޑައިގަންނަވާކަން ފާހަގަ ކޮށްލެއެވެ.

ދެ ދުވަހުގެ މި ދަތުރުފުޅުގައި ހޯމަ ދުވަހު ފައިސަލް ވަނީ މަންދޫ، ފެންފުށީ، ދިއްދޫ އަދި ދިގުރަށަށް ވަޑައިގެންފައެވެ. އަންގާރަ ދުވަހު ހަންޏާމީދޫ، އޮމަދޫ، މަހިބަދޫ، ކުނބުރުދޫ އަދި މާމިގިއްޔަށް ވަޑައިގަންނަވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް