ކ. މާލެ
|
30 ޖުލައި 2018 | ހޯމަ 23:26
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން މާމިގިލީ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންނާއި ބައްދަލުކުރައްވަނީ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން މާމިގިލީ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންނާއި ބައްދަލުކުރައްވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
މާމިގިލީ ކެމްޕެއިން ޓީމާއި ރަނިންގމޭޓް ފައިސަލް ބައްދަލުކުރައްވާއިފި
މި ބައްދަލުވުމުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިކަން ފާހަގަކޮށްލެވޭ
މިއީ ފައިސަލްގެ ތިންވަނަ ކެމްޕެއިން ދަތުރު
ދަތުރުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ބައިވެރިވަޑައިގަންނަވާ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަތާރުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ރަނިންގމޭޓް ފައިސަލް ނަސީމް އދ އަތޮޅު މާމިގިލީގެ ކެމްޕެއިން ޓީމްތަކާއި ބައްދަކުރައްވައިފިއެވެ.

އދ އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުގެ ތެރެއިން ފައިސަލް މާމިގިލީގައި ހަރަކާތްތެރިވާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ޓީމާ ބައްދަލުކުރެއްވީ ހޯމަ ދުވަހުގެ ރޭ އެރަށު ޖުމްހޫރީ ޕާޓީ އޮފީހުގައެވެ. މި ބައްދަލުވުމުގައި ފައިސަލްގެ އިތުރުން އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ޝަރީފާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަނާރާ ނައީމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ދެ ކައުންސިލް މެމްބަރުން ކަމަށްވާ އާދަމް އާޒިމާއި، މުހައްމަދު މަލީހު ބައިވެރިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައި ވަނީ، ރިޔާސީ އިންތިހާބު ގުޅިފައިވާ ޕާޓީތަކުން ކާމިޔާބު ކުރުމަށްޓަކައި މާމިގިލީގައި ކެމްޕެއިން ހަރަކަތްތައް ކުރިއަށް ގެންދާނެގޮތާއި ގުޅޭ ގޮތުންނެވެ.

މާމިގިލީ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ އާންމު ރައްޔިތުން 

ދެ ދުވަހުގެ މި ދަތުރުފުޅުގައި ހޯމަ ދުވަހު ފައިސަލް ވަނީ މަންދޫ، ފެންފުށީ، ދިއްދޫ އަދި ދިގުރަށަށް ވަޑައިގެންފައެވެ. އަންގާރަ ދުވަހު ހަންޏާމީދޫ، އޮމަދޫ، މަހިބަދޫ، ކުނބުރުދޫ އަދި މާމިގިއްޔަށް ވަޑައިގަންނަވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް