ކ. މާލެ
|
30 ޖުލައި 2018 | ހޯމަ 17:12
ދިގުރަށުން ފުރާވަޑައިގަންނަވަމުން ފައިސަލް މީޑިއާތަކަށް މައުލޫމާތު ދެއްވަނީ
ދިގުރަށުން ފުރާވަޑައިގަންނަވަމުން ފައިސަލް މީޑިއާތަކަށް މައުލޫމާތު ދެއްވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ބަޖެޓަށް ވޯޓު ދިނުމާއި ނުދިނުން އެއީ ދާއިރާ މެމްބަރުގެ ކަމެއް: ފައިސަލް
ބަޖެޓާއި މެދު ބަސްބުނުމުގެ ފުރުޝަތު ދާއިރާގެ މެމްބަރަށް ލިބެންޖެހޭ
ބަޖެޓަށް ވޯޓު ނުދިނުމުން، ވަކި މަޝްރޫއެއް ހުއްޓިގެން ނުވާނެ
ބަޖެޓް ތައްޔާރުކުރަންޖެހޭނީ އާބާދީ ކުދި ރަށްތަކުގެ ރައްޔިތުން ބޭނުންވާ ކަންކަން ވެސް ހިމަނައިގެން

ދައުލަތުގެ ބަޖެޓަށް ވޯޓު ދިނުމާއި ނުދިނުން އެއީ ދާއިރާގެ މެމްބަރަށް ލިބެންޖެހޭ ހައްގެއް ކަމަށްގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އދ އަތޮޅު ދިގުރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ފަހު ފުރާވަޑައިގަންނަވަމުން ފައިސަލް ވިދާޅުވީ  ބަޖެޓާއި މެދު ބަސް ބުނުމުގެ ފުރުޝަތު ދާއިރާ ތަކުގެ މެމްބަރުންނަން ލިބެންޖެހޭނެ ކަމަށެވެ. އެދާއިރާގެ ތަރައްގީއަށް ބޭނުންވާ ކަންކަމަށް މަޖިލީސް މެމްބަރުންނަން ވަކާލާތުކުރެވެންޖެހޭނެ ކަމަށާއި، އެކަން ކަމަށް ވާހަކަ ދައްކަވައިގެން ހައްލެއް ނުލިބިއްޖެނަމަ ބަޖެޓަށް ވޯޓު ދިނުމާއި ނުދިނުމަކީ އެދާއިރާގެ މެމްބަރުގެ ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ރައްޔިތުންނަން ޚިދުމަތް ކުރުމަށް ސަރުކާރަކުން ބަލަންޖެހޭނީ ހަމަ ހަމަ އުސޫލުކަން ފާހަގަ ކުރަށްވަމުން ފައިސަލް ވިދާޅުވީ މަޖިލީހުގެ މެމްބަރެއް ވޯޓު ދޭ ގޮތަކުން އެދާއިރާގައި ކުރަން ނިންމާފައިވާ މަޝްރޫއެއް ހުއްޓިގެން ނުވާނެ ކަމަށެވެ. އަދި ބަޖެޓަށް ވޯޓު ނުދޭ ކަމަށް ސަރުކާރުން ބުނެ، ބަޖެޓު ފޮތުގައި އޮންނަން މަޝްރޫއެއް ގެއްލިގެން ނުވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

"ބަޖެޓާއި މެދު ބަސް ބުނުމުގެ ފުރުޝަތު ރައްޔިތުންގެ މަޖިލީހުގެ އެދާއިރާގެ ރައްޔިތުން ތަމްސީލު ކުރާ މެމްބަރަށް އޮންނަން ޖެހޭނެ، އަދި ބަޖެޓަކީ ބަހުސް ކުރެވިގެން ރަނގަޅު ނުކުރެވޭ އެއްޗެއް ކަމަށްވަންޏާ އެ ބަޖެޓަށް ވޯޓު ދިނުމާއި ނުދިނުމަކީ އެ މެމްބަރެއްގެ މައްޗަށް އޮންނަ ކަމެއް" ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ފައިސަލް ވިދާޅުވިއެވެ.

ދިގުރަށުގެ ކެމްޕެއިން ޓީމާއި ފައިސަލް ބައްދަލުކުރެއްވުމަށް ފަހު

ފައިސަލް ވިދާޅުވީ ބަޖެޓް ތައްޔާރުކުރަން ޖެހޭނީ ރައްޔިތުންނަން އެންމެ މުހިންމު ކަންތައްތަކުގެ މައްޗަށް ކަމަށާއި، ވަކި ދާއިރާއަށް ވަކި ރަށަކަށް އިސްކަން ދީފައި އާބާދީ ކުދި ރަށްތަކުގެ ތަރައްގީއަށް މަޝްރޫއުތައް ކުރިއަށް ނުގެންދާގޮތަށް ބަޖެޓް ފޮތުގައި ނުހިމޭނެ ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރަށްތަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވަމުން ދަނީ ރައްޔިތުން އެދޭ ގޮތް އޮޅުންފިލުވުމުގެ ގޮތުން ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއި އެކު ރައްޔިތުން އެދޭ ގޮތަށް ކަންކަން ބަޖެޓުގައި ހިމަނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އާބާދީގައި ގާތްގަނޑަކަށް 650 މީހުން ދިރިއުޅެމުން އަންނަ ދިގުރަށަށް ފައިސަލް ވަޑައިގަތުމުން ގުޅިފައިވާ ސިޔާސީ ޕާޓީޓަކަށް ތާއިދުކުރައްވާ ރައްޔިތުން ވަނީ ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރަކީ ރައްޔިތުންގެ ތާއީދު ހޯދެއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އދ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރެކެވެ. 

މި ދަތުރުގައި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒާއި، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ދެ މެމްބަރުން ކަމަށްވާ އާދަމް އާޒިމާއި، މުހައްމަދު މަލީހު ބައިވެރިވަޑައިގަންނަވާކަން ފާހަގަ ކޮށްލެއެވެ.

ދެ ދުވަހުގެ މި ދަތުރުފުޅުގައި ހޯމަ ދުވަހު ފައިސަލް ވަޑައިގަންނަވާނީ މަންދޫ، ފެންފުށީ، ދިއްދޫ، ދިގުރަށަށެވެ. އަންގާރަ ދުވަހު ހަންޏާމީދޫ، އޮމަދޫ، މަހިބަދޫ، ކުނބުރުދޫ އަދި މާމިގިއްޔަށް ވަޑައިގަންނަވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް