ކ. މާލެ
|
30 ޖުލައި 2018 | ހޯމަ 16:00
އިބްރާހިމް ދީދީ: ބިލު ހުށަހެޅުއްވީ މި މަހުގެ 10 ވަނަ ދުވަހު
އިބްރާހިމް ދީދީ: ބިލު ހުށަހެޅުއްވީ މި މަހުގެ 10 ވަނަ ދުވަހު
މަޖިލިސް
ރައްޔިތުންެގެ މަޖިލިސް
ރިޝްވަތު ހިފުމަކީ ކުށެއް ނޫން ކަމަށް ކަނޑައަޅަން އިސްލާހު ހުށަހަޅައިފި
އެ ބިލު ކޮމެޓީން ވެސް ވަނީ ފާސްކޮށްފައި
އެ ބިލު ހުށަހެޅީ އިބްރާހިމް ދީދީ
އެ ބިލުން މައްސަލަތަކެއް ވަނީ ފާހަގަވެފައި: ނިހާން

ރިޝްވަތު ހިފުމަކީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ މާއްދާ އުވާލެވޭ ގޮތަށް ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ ދިރާސާކޮށް ނިންމައި، ފާސްކުރުމަށް ތަޅުމަށް ވަނީ ހުށަހަޅާފައެވެ. މި މަހުގެ 10 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި ރިޝްވަތުގެ ކުށް އުވާލަން ހުށަހަޅާފައި އޮތް ކަމެއް ކުރިން ފާހަގަ ކުރެވިފައެއް ނުވެއެވެ.

އިބްރާހިމް ދީދީ ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން، ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުގައި ބަޔާން ކުރާ މާއްދާ، ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅޭ މާއްދާއަކަށް ބަދަލު ކުރުމަށް ވަނީ ހުށަހަޅާފައެވެ. ގާނޫނުލް އުގޫބާތުގައި ރިޝްވަތުގެ ކުށާ ގުޅޭ ގޮތުން ބަޔާން ކުރާ މާއްދާއަކީ 510 ވަނަ މާއްދާއެވެ. ނަމަވެސް ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅޭ އަދަބު ބަޔާން ކުރާ މާއްދާއަކަށް އެ މާއްދާ ހަދައިފިނަމަ، ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުވިގެންދާނެއެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ބިލު އޮތް ގޮތަކަށް ފާސްކޮށްފިނަމަ، ދައުލަތުގެ މުވައްޒަފުން ރިޝްވަތު ހިފުމަކީ ކުށަކަށް ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ބަދަލު ކުރުމަށް ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާއަކީ ދައުލަތުގެ މުވައްޒަފުން ރިޝްވަތު ހިފުމަކީ ކުށެއް ކަމަށް ބަޔާން ކުރާ މާއްދާއެއް ކަމަށެވެ.

ރިޝްވަތާ ގުޅިގެން، އޭސީސީން ގިނަ ދައުވާތަކެއް ވެސް އުފުލުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި ވަނީ އެ މާއްދާއާ ހަވާލާދީއެވެ.

ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުވާލުމަށް ސަރުކާރުން މަޖިލީހަށް ބިލު ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ޕީިޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ރާއްޖެއެމްވީއަށް ވިދާޅުވީ އެ ބިލުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށްޓަކާ، އެ ބިލުގެ މަސައްކަތް މަޖިލީހުގެ ތެރެއިން މަޑުޖައްސާލާފައިވާ ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ގާނޫނުލް އުގޫބާތަށް 29 އިސްލާހެއް ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އިސްލާހުތައް މަޖިލީހަށް ބަލައިގަނެ، ކޮމެޓީން ދިރާސާކޮށް ނިންމައި، ފާސް ކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާތާ ހަފްތާއެއް ވަނީ ވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް
31 ޖުލައި 2018 | އަންގާރަ 03:30
ޓިނު އަދުރޭ
މިއިސްލާހު ހުށަހަޅުއްވާފައިވާ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީއަށް ދަންނަވާލަން ބޭނުންވަނީ ދީނޭ ދީނޭ ކިޔަމުންގޮސް ދީނުގަ ޙަރާމް ކަންތައްތައް ޤާނޫނު ބަދަލުކޮށްގެން ހަލާލް ކުރަންތޯ ތިއުޅުއްވަނީ، ސަރުކާރުގައިތިބި ސިޔާސީ މީހުން ހިންގާފައިހުރި ބޮޑެތި ކޮރަޕްޝަންތައް ވެރިކަން ބަދަލުވެ އެމީހުންނަށް ހައްޤް އަދަބުލިބޭނެކަން ޔަޤީންވާތީ ކުރީބައިގަ ޤާނޫނުބަދަލުކޮށްލަނީ. ރައްޔިތުންމިތިބީ ވަރަށްރަގަޅަށް ހޭލާ ތިކުޅޭ ޑުރާމާތައްބަލަން،
30 ޖުލައި 2018 | ހޯމަ 16:06
މަހްމޫދް
ގަމާރުންގެ ސަރުދާރު.
30 ޖުލައި 2018 | ހޯމަ 12:41
ތިމަންނަ
މިއަދު ތިޔައޮތީ އަތުޖެހިފައި ، ބަޖިޔާ ހަދަން ފުށްގަޑު މޮޑެލާހެން ގާނޫނުވެސް މޮޑެލާ