ކ. މާލެ
|
30 ޖުލައި 2018 | ހޯމަ 13:34
މީގެ ކުރިން ބޭއްވި އިންތިޚާބުގައި ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ
މީގެ ކުރިން ބޭއްވި އިންތިޚާބުގައި ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ރިސޯޓުތަކުގެ މުވައްޒަފުންގެ ރީރަޖިސްޓްރޭޝަނާއި ގުޅޭ ގޮތުން އެމްޑީޕީން އީސީއަށް ޝަކުވާއެއް!
ރިސޯޓުތަކުގައި ރަޖިސްޓްރީވުމަށް އެރިސޯޓެއްގެ ސްޓޭމްޕް ޖަހަންޖެހޭ
44 ރިސޯޓުގައި ވޯޓުފޮށި ބެހެއްޓޭނެ

ރިސޯޓުތަކުގެ މުވައްޒަފުންގެ ރީރަޖިސްޓްރޭޝަނާ ގުޅޭ ގޮތުން އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ޝކުވާއެއް ހުށަހަޅައިފިއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިސޯޓްތަކުގެ މުވައްޒަފުން ރީރަޖިސްޓްރީ ކުރާ އިރު ރަޖިސްޓްރީ ކުރާ ރިސޯޓެއްގެ ސްޓޭމްޕް ބޭނުންވާކަން ހާމަކޮށްފައިވާ ކަމަށެވެ. އަދި ސްޓޭމްޕް ނެތް ފޯމުތައް ބަލައި ނުގަންނަ އިރު މިނިސްޓްރީތަކާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ރީރަޖިސްޓްރީ ކުރާ އިރު އެ އިދާރާއެއްގެ ސްޓޭމްޕާއި ނުލައި ފޯމު ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަން ހައްލުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަހަރުގެ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި 44 ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމަށް ވަނީ ކަނޑައަޅާފައެވެ.

ރިޔާސީ އިންތިޚާބު 2018 ގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓްތަކުގައި ވޯޓުފޮށި ބަހައްޓާނީ ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 100 މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ

އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރީ ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށެވެ. އެހެން ނަމަވެސް ގިނަ ރިސޯޓު މުވައްޒަފުންގެ ޝަކުވާއާ ގުޅިގެން އެ ނިންމުން ވަނީ ބަދަލު ކޮށްފައެވެ.

ރާއްޖޭގައި 132 ރިސޯޓްގައި އޮޕަރޭޝަން ހިންގަމުންދާއިރު 70 އަށް ވުރެ ގިނަ ރިސޯޓުގައި ވޯޓުފޮށި ބަހައްޓަން އެރިސޯޓުތަކުން ބޭނުން ނުވާ ކަމަށް އަންގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެރިސޯޓުތަކުގެ ނަންތައް ހާމަކުރައްވާނެ ކަމަށް އެކޮމިޝަނުން ބުނެފައިވާ އިރު މިހާތަނަށް އެ ރިސޯޓުތަކުގެ މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް