ކ. މާލެ
|
30 ޖުލައި 2018 | ހޯމަ 11:30
ޝެއިހް އިލްޔާސް: އިންތިހާބުގައި ތާއިދު ކުރައްވަނީ އިބޫ އާއި ފައިސަލަށް
ޝެއިހް އިލްޔާސް: އިންތިހާބުގައި ތާއިދު ކުރައްވަނީ އިބޫ އާއި ފައިސަލަށް
އަދާލަތު ޕާޓީ
ރިޔާސީ އިންތިހާބު 2018
އަޅުގަނޑުގެ ތާއިދު އިބޫ އާއި ފައިސަލަށް، ދެ ބޭފުޅުން ވެސް ދީނަށް ލޯބިކުރައްވާ: އިލްޔާސް
ވިދާޅުވީ ރައްޔިތުންގެ މަސްލަހަތަށް އިސްކަން ދެއްވާނެ ކަމަށް
ކިބުރުވެރި ކަމެއް ބޮޑާ ކަމެއް ފެނިފައި ނުވާ ކަމަށް ވިދާޅުވި
އިލްޔާސް ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައި

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ރަނިންގ މޭޓް ފައިސަލް ނަސީމަށް ތާއިދު ކުރައްވާ ކަމަށާއި އެ ދެ ބޭފުޅުންނަކީ ވެސް އިސްލާމް ދީނަށް ލޯބި ކުރައްވާ ބޭފުޅުން ކަމަށް ޢަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިބޫ އާއި ފައިސަލަކީ ރައްޔިތުންގެ މަސްލަހަތަށް އިސްކަން ދެއްވާނެ ދެ ބޭފުޅުން ކަމަށާއި ކިބުރުވެރިކަމާއި ބޮޑާ ކަމެއް އެ ދެ ބޭފުޅުންގެ ކިބައިން ފެނިފައި ނުވާ ކަމަށެވެ. އިލްޔާސް ކުރެއްވި ޓްވީޓު ނިންމާލައްވަމުން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދެ ބޭފުޅުންނަށް ވެސް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ގުޅިފައިވާ ހަތަރު ޕާޓީތަކުގެ ލީޑަރުކަން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމާއި ޝެއިހް އިމްރާން އަބްދުﷲ ވަނީ އިބޫ އާއި ފައިސަލަށް ތާއިދު ކުރައްވާކަން އިއުލާން ކުރައްވާފައެވެ. އެ ހަތަރު ލީޑަރުންގެ ތާއިދާ އެކު، މިދިޔަ ބުރާސްފަތި ދުވަހު އިބޫ އާއި ފައިސަލްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން، އެ ކޮމިޝަނުން ވަނީ ކެންޑިޑެސީ ބަލައިގެންފައެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ނިންމާފައި ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހުއެވެ. ކެމްޕެއިން ކުރުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލާނީ އެ ދުވަހުން ފެށިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް