ކ. މާލެ
|
30 ޖުލައި 2018 | ހޯމަ 09:16
މާމިނގިލީ އެއާޕޯޓުން ފައިސަލަށް މަރުހަބާ ދަންނަވާނީ
މާމިނގިލީ އެއާޕޯޓުން ފައިސަލަށް މަރުހަބާ ދަންނަވާނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
ގާސިމްގެ އުފަން ރަށުން ފައިސަލްއަށް ހޫނު މަރުޙަބާއެއް ދަންނަވައިފި
މިއީ ފައިސަލްގެ ތިންވަނަ ކެމްޕެއިން ދަތުރު
ދަތުރުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ( އިބޫ) ގެ ރަނިންގމޭޓް ފައިސަލް ނަސީމަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ އުފަން ރަށް ކަމަށްވާ އދ. މާމިނގިލިން ހޫނު މަރުޙަބާއެއް ދަންނަވާއިފިއެވެ.

ރައްޔިތުންގެ ތާއީދު ހޯދެއްވުމަށް ފައިސަލް އދ އަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި މާމިނގިއްޔަށް ވަޑައިގެންނެވީ ހޯމަ ދުވަހުގެ ހެނދުނުއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއެކު ފައިސަލް މާމިނގިއްޔަށް ވަޑައިގަތުމުން މާމިނގިލީ އެއާޕޯޓުން އެމަނިކުފާނަން މަރުހަބާ ދަންނަވާފައިވަނީ  ގުޅިފައިވާ ޕަޓީތަކަށް ތާއީދު ކުރައްވާ ރައްޔިތުންނެވެ.

މި ދަތުރުގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ދެ މެމްބަރުން ކަމަށްވާ އާދަމް އާޒިމާއި، މުހައްމަދު މަލީހު ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކޮށްލެއެވެ.

ދެ ދުވަހުގެ މި ދަތުރުފުޅުގައި ހޯމަ ދުވަހު ފައިސަލް ވަޑައިގަންނަވާނީ މަންދޫ، ފެންފުށީ، ދިއްދޫ އަދި ދިގުރަށަށެވެ. އަންގާރަ ދުވަހު ހަންޏާމީދޫ، އޮމަދޫ، މަހިބަދޫ، ކުނބުރުދޫ އަދި މާމިނގިއްޔަށް ވަޑައިގަންނަވާނެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ކެމްޕެއިންގައި ބ. އަތޮޅުގައި އުޅުއްވާއިރު، ފައިސަލްގެ އދ. އަތޮޅުގެ ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި އޮންނާނީ ކެމްޕެއިން ޓީމްތަކާއި ބައްދަލުކުރެއްވުމާއި ދޮރުން ދޮރަށް ކެމްޕެއިން ކުރެއްވުމެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ފައިސަލް ފުރަތަމަ ވަޑައިގަތީ އައްޑު އާއި ފުވައްމުލަކަށެވެ. އެއަށް ފަހު ކާށިދޫ އާއި ގާފަރަށް މިދިޔަ ހަފުތާގައި ވަޑައިގަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް