ކ. މާލެ
|
30 ޖުލައި 2018 | ހޯމަ 02:12
ރައީސް ޔާމިން ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ރައީސް ޔާމިން ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
މުހައްމަދު ޝަރުހާން
ރައީސް ޔާމީން
ރައީސް ޔާމީނަކީ ތެދުވެރި އިޚްލާސްތެރިއެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ
ަޅުގަނޑަށް ވަރަށް ޙައްޤުނޫން ބަސްތައް އިކްރާމް ހަދިޔާ ކުރެއްވި
އެއްގޮތަކަށްވެސް ޙައްޤުނޫން ތައުރީފް އެއްވެސް މީހަކަށް ކުރުމަކީ ރަނގަޅު ކަމެއް ނޫން
އަޅުގަނޑަކީ ރައްޔިތުންގެ އިތުބާރު އަޅުގަނޑުގެ މަސައްކަތާއި އިޚްލާސްތެރިކަމުން ހޯދާމީހެއް

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަކީ ތެދުވެރި އިޚްލާސްތެރިއެއްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އުފެއްދެވި ރައީސް މައުމޫންގެ އަތްޕުޅުން ކޯޓު މެދުވެރިކޮށް ޕީޕީއެމްގެ ކޮންޓްރޯލް ނަންގަވާފައިވާ ރައީސް ޔާމީން މިހެން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެރުވުމަށް އާދީއްތަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދައުލަތުގެ މީޑިޔާގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއް ލަތީފް ރައީސް ޔާމީނަށް ހުޝާމިދު ކުރައްވާ ފަށުވި އިބާރާތުން ދެއްކި ވާހަކައަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ އެވިދާޅުވާފަދަ ބޭފުޅެއް ނޫން ކަމަށާއި ދޮންބަންޑާރައިންނާއި މުހައްމަދު ތަކުރުފާނުފަދަ ބޭފުޅެއް ނޫން ކަމަށެވެ. ނަމަވެސް އެމަނިކުފާނަކީ ތެދުވެރި އިޚްލާސްތެރިއެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑަށް ވަރަށް ޙައްޤުނޫން ބަސްތައް އިކްރާމް ހަދިޔާ ކުރެއްވި. އެއްގޮތަކަށްވެސް ޙައްޤުނޫން ތައުރީފް އެއްވެސް މީހަކަށް ކުރުމަކީ ރަނގަޅު ކަމެއް ނޫން. އެއްގޮތަކަށްވެސް އަޅުގަނޑެއް ޤަބޫލެއް ނުކުރަން އަޅުގަނޑަކީ އެވިދާޅުވި ލިސްޓްގައި އެއްވެސް ހިސާބަކުން ހިމެނޭނެ ކަމަށް އުއްމީދުކުރި މީހެއް ނޫން. ހުވަފެނަކުންވެސް ދުށް މީހެއް ނޫން. އެކަމަކު އަޅުގަނޑަކީ ތެދުވެރިއެއް. އަޅުގަނޑަކީ އިޚްލާސްތެރިއެއް. އަޅުގަނޑަކީ މަސައްކަތް ކުރާ މީހެއް. އަޅުގަނޑަކީ ރައްޔިތުންގެ އިތުބާރު އަޅުގަނޑުގެ މަސައްކަތާއި އިޚްލާސްތެރިކަމުން ހޯދާމީހެއް" ދޮންބަންޑާރައިންނާއި އަލިރަސްގެފާނު އަދި ބޮޑުތަކުރުފާނުފަދަ ބޭފުޅުންނާ އެއްހަމަކޮށް އިކުރާމް ދެއްކި ވާހަކައާއި ގުޅިގެން ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ރައްޔިތުންގެ ތާއީދު ހޯދަނީ ޤައުމުގެ އެންމެން ބޭނުންވެފައިވާ ކަންކަން ފުއްދައިދީގެން ކަމަށާއި މި ކުރިމަތި ލައްވަނީ ގައުމީ މަސްއޫލިއްޔަތަކާއި ކަމުގައެވެ. އަދި ރިޔާސީ އިންތިހާބަކީ ދިވެހިންގެ ބަހާތަކާއި ރުކުންތައް ރައްކާތެރި ކުރަނީ ކިހާވަރަކަށްތޯ ބެލުމަށް ކުރާ ޓެސްޓެއްކަމަށާއި ޒުވާނުން ހާއްސަކޮށް އެކަމާއި މެދު ވިސްނަން ޖެހޭ ކަމުގައެވެ.

މީގެ އިތުރުން ރައްޔިތުން އެމަނިކުފާނަށް އިތުބާރު ކުރަނީ ރާއްޖޭގައި އެތައް ޒަމާނެއް ވަންދެން ހައްލު ނުވެ ހުރި މައްސަލަތަކެއް ހައްލު ކުރުމަށް ކުރިމަތިލައްވާތީކަމަށްވެސް ރައީސް ޔާމީން އާދިއްތަ ދުވަހުގެރޭ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
30 ޖުލައި 2018 | ހޯމަ 05:22
ހެއްރަބެ
ތިމާގެ ތެދުވެރިކަމާއި އިޚުލާސް ތެރިކަން ބަލައިގަންނާން ތިބިމީހުންނަށް ރައްދުކުރެވޭ މަލާމާތެއްކަމަށް ނޫނީ ބެލެވާކަށް ނެތް!!އ
29 ޖުލައި 2018 | އާދީއްތަ 23:36
Ajil
Baykaaru vaahaka nudhakkaa. Party hingany faathuma. Fatumaa ge dhashun ,mp muaz. Mp yamin rasheed. Gas ge Md maanu. Rahu. Fenaka md. Minister saeed. Yamin raseed man sixe ga thibeny. Asmaahtha aa. Mathy magaamuga mi thibey meehun eba meehun ah gulhaa vote leetho balaa hadhaa. Faathuma ge order ah
29 ޖުލައި 2018 | އާދީއްތަ 23:33
Hassu
Ppm kan takugaa gulaa hurihaa phone num eh retistary ko'fa hunnanee maldives gas MD nan mathy. Maanu sir ge staf ah ves hadani hithuhuri gotheh. Aygen kuhja kah laari dheny kee noon. Mpl kudhin ves duty ah neri gengos athaan ga . Ot ah. Athanah naissi aa ofis ah ves salaam bunan adhuwanu jehey ny
29 ޖުލައި 2018 | އާދީއްތަ 23:30
Ahmed
Fenaka WAMCO maldives gas mpl. Thanthanun kudin gen gos gan masakai kuruvaafa laari nudhe. Ppm meehun mi kudhi ah kaan dhenee kee noon. Laari kolu kaalany office thakuga MD thah.