ކ. މާލެ
|
30 ޖުލައި 2018 | ހޯމަ 10:55
ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަދައްކަވަނީ
ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަދައްކަވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ރިފޯމް މޫވްމެންޓް އުފެއްދެވުމުން ރައީސް ޔާމީނުގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް މައުމޫނަށް!
މައުމޫނުގެ ނަމުގައި ރިފޯމް މޫވްމެންޓް އުފައްދައި ރިފޯމް ކުރާނެ އެއްޗެއް ނޯންނާނެކަމަށް ވިދާޅުވި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، ގުޅިފައިވާ ކެނޑިޑޭޓަށް ތާއީދު ކުރައްވަމުން ގެންދަވާ ބޭފުޅުން މައުމޫނު ރިފޯމް މޫވްމެންޓްގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދަވަން ފެއްޓެވުމާއި އެކު، ރައީސް އަބުދުﷲ ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ދެއްވައިފި އެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ރައީސް ޔާމީނާއި ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، މިފަދަ ކޮންމެ ދުވަހެއްގައި އެންމެ ބޮޑަށް ހަނދުމަފުޅުވަނީ ޕީޕީއެމް އުފެދުނު ދުވަސްކަމަށާއި، އެ ޕާޓީ އުފައްދައިގެން މިހާތަނަށް ކޮށްފައި ވަނީ ވަރަށް ހިތްދަތި ތަޖުރިބާއެއްކަމަށެވެ. ޕީޕީއެމް އުފެއްދެވުމަށް ރައީސް މައުމޫނާއި އެކު އިސްކޮށް މަސައްކަތް ކުރެއްވި ހަތް ވަރަކަށް މީހުންގެ ތެރެއިން މިއަދު ސަލާމަތުން ހުރީ އެމަނިކުފާނުކަމަށް ވިދާޅުވިއެވެ. އަދި އަތޮޅުތެރޭގައި ޕީޕީއެމްގެ ލަޝްކަރު ބަދަހިކުރީ ވެސް އެމަނިކުފާނުކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 

ޕީޕީއެމްގެ ވެރިކަމެއް ފުރަތަމަ އުފެދިގެން އައިއިރު އޮތީ ސުޕަ-ސުޕަ މެޖޯރިޓީއެއް ކަމަށާއި، ޕީޕީއެމުން ވަކިވެވަޑައިގެން، އޮޑިން ފުންމާލައިގެން ވަޑައިގެންނެވި ބޭފުޅުން ފުންމާލީ ކީއްވެތޯ އަމިއްލަ ނަފްސާއި އެބޭފުޅުން ސުވާލުކުރަން ޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އޭރު ވެސް މިއަދު ވެސް ޕީޕީއެމްގެ ސިޔާސަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ މައުމޫނުގެ ނަމުގައި ރިފޯމް މޫވްމެންޓް އުފައްދައި ރިފޯމް ކުރާނެއެއްޗެއް ނޯންނާނެކަމަށެވެ. 

"އޮޑިން ފުންމާލި ބޭފުޅުން ފުންމާލީ ކީއްވެތޯ އަމިއްލަ ނަފްސާއި ސުވާލުކުރަން ޖެހޭ. ކީއްތޯ މި ކުރެވުނީ. ސުޕަ މެޖޯރިޓީ ދޫކޮށް ނުކުމެ ރިފޯމް ކުރާނެ އެއްޗެއް ނޯންނާނެ" ރައީސް ވިދާޅުވިއެެވެ.

ޕީޕީއެމްގެ ފަލްސަފާއަކަށް ބަދަލެއް ނާންނާނެކަމަށާއި އެ ފިކުރަކީ މި ގައުމު ތަރަށްގީ ކޮށްދޭނެ ފިކުރުކަމަށް ރައީސް ވިދާޅުވިއެެެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
30 ޖުލައި 2018 | ހޯމަ 12:58
ތިމަންނަ
ވިސްނާ ފިކުރުކުރާ ބަޔަކަށް މި ފެންނަމުންދަނީ ޢިބުރަތުން ފުރިގެންވާ ފިލާވަޅު ތަކެކެވެ.
30 ޖުލައި 2018 | ހޯމަ 05:06
ހައްވަ
މިއީ މީނާ އާ ކޮންބެހޭ ކަމެއް؟ އެންމެ ފުރަތަމަވެސް މިދިމާކޮށްލީ ބަފަޔާ