ކ. މާލެ
|
29 ޖުލައި 2018 | އާދީއްތަ 19:13
ގުޅިފައިވާ ޕާޓީތަކުގެ ޓީމް ކެންދޫއަށް ވަޑައިގަތުމުން، މަރުހަބާ ދަންނަވަނީ
ގުޅިފައިވާ ޕާޓީތަކުގެ ޓީމް ކެންދޫއަށް ވަޑައިގަތުމުން، މަރުހަބާ ދަންނަވަނީ
އެމްޑީޕީ
ރިޔާސީ އިންތިހާބު 2018
ކެންދޫގެ ވާހަކައާއި، ޖަޒީރާ ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ ވާހަކަ އެއްގޮތް: އަލީ ހުސެއިން
ކެންދޫގެ ރައްޔިތުންނަށް އެނެމްބޮޑަށް ބޭނުމީ ފެނާއި ނަރުދަމާ ކަމަށް ވިދާޅުވި

ބ. ކެންދޫގެ ވާހަކައާއި ޖަޒީރާ ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ ވާހަކަ އެއްގޮތްކަމަށް އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ރިޔާސީ ކެމްޕެއިނަށް ތާއީދު ހޯދުމުގެ ގޮތުން ބ އަތޮޅަށް ކުރަމުންދާ ދަތުރުގައި އުފަން ރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، ރަށަށް އައުމުން ފެނުނީ ދުވަހަކުވެސް ހިތުން ފިލައި ނުދާވަރުގެ ބޮޑު އުފަލެއް ލިބުނު މަންޒަރެއްކަމަށެވެ. އަދި ދަމާލާފައި އޮތް ދިގު ސަފު ފެނި މި އާދެވުނީ ހަމަ ކެންދޫއަށް ބާއޭ ހިތްޕުޅަށް އެރިކަމަށް ވިދާޅުވިއެެވެ.

ކެންދޫގެ ރައްޔިތުންގެ ވާހަކައާއި ޖަޒީރަ ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ ވާހަކައާއި އެއްގޮތްކަމަށް ވިދާޅުވެ އަލީ ހުސެއިން ވިދާޅުވީ، އެރަށުގެ ރައްޔިތުންގެވެސް އެންމެ ބޮޑު ދައްޗަކީ ނަރުދަމާއެއް ނެތުންކަމަށެވެ. އަދި ސާފު ބޯފެން ނުލިބުމުން ރައްޔިތުން އުޅެން ޖެހިފައިވާ ދަތިހާލު އަލީ ހުސެއިން ވިދާޅުވެދެއްވިއެެވެ.

"ނަރުދަމާއެއް ނެތުމުން މިރަށުގެ ރައްޔިތުން އުޅޭ ހާލު އެނގޭ. އުފުލަމުންދާ ވޭނުގެ ވާހަކަ އަޅުގަނޑު ފާހަގަކޮށްލަން. ސާފު ބޯފެން ނުލިބި އެ ދަތިކަން އިހުސާސް ކުރާވާހަކަ ވެސް ފާހަގަކުރަން. މިކެންދޫގެ އަންހެނުންނަކީ ވަރަށް ތާފަތު ވަރަށް ހީވާގި މަސައްކަތްތެރިބައެއް" އެނާ ވިދަޅުވިއެވެ.

އެރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި ގޯއްޗެއް ލިބިފައިވާ މީހުންނަށް އެ ބިމުގައި ގޯތި އެޅޭނެ ގޮތް ނެތިފައިވާކަން އޭނާ ފާހަގަކުރެއްވިއެެވެ. އަދި އެކަން ވާން އޮތީވެސް ފަސޭހަ ލޯނުގެ އެހީ ލިބުމުންކަން އަލީ ހުސެއިން ފާހަގަކުރެއްވިއެވެ. އެހެންކަމުން ޖަޒީރާ މެނިފެސްޓޯއާއިއެކު، ކައިރި ރަށްތަކުން ނަފާލިބުމަކީ ކެންދޫގެ ރައްޔިތުން ވެސް އެދޭ ގޮތްކަމަށާއި އެބޭފުޅުން އަބަދުވެސް އެވާހަކަ ދައްކާކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް