ކ. މާލެ
|
29 ޖުލައި 2018 | އާދީއްތަ 11:33
ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)
ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ވޯޓުލާ ނިމިގެން ރައީސް ޔާމީން ބަލި ގަބޫލުކުރައްވަންދެން ޖެހޭނީ މަގުމަތީގައި ތިބެން: އިބޫ
މި ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަން ބަލާނަން
މި ސަރުކާރުގެ އަނިޔާވެރިކަން އެނގޭ
ވޯޓާ ކުޅެން ލާހިކު ކުޅަދާނައެއް ނުވާނެ

ވޯޓުލާ ނިމުމަށް ފަހު ނަތީޖާ އިއުލާނުކޮށް ރައީސް ޔާމީނު ބަލި ގަބޫލުކުރައްވަންދެން ތިބެން ޖެހޭނީ މަގުމަތީގައި ކަމަށާއި އެންމެ ތަންކޮޅެއް ވެސް ދޫދީގެން ނުވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ބ އަތޮޅަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާފައިވާ ދަތުރުފުޅުގައި އެއަތޮޅު ހިތާދޫއަށް ވަޑައިގެން ރައްޔިތުންނާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އިތުރު ދައުރަކު ހުންނަވާނެ ކަމަށް އަމިއްލަފުޅަށް ވިދާޅުވަމުންދާއިރު ވޯޓާ ކުޅެން ލާހިކު ކުޅަދާނައެއް ނުވާނެ ކަމަށެވެ.

"އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކޮށް އަރުވަނީ، ވޯޓަކާ ގުޅޭ ކަށް ލާހިކެއް ނޫނޭ މިފަހަރު. ނުކުމެ ހުރިހާ ފަރާތްތަކުން ވޯޓުލައްވާ. އަޅުގަނޑުމެން ތިބޭނަން ވޯޓުފޮށިތައް ކައިރީގައި. އަޅުގަނޑުމެން ތިބޭނަން ވޯޓުގުނާ ތަންތަނުގައި. އަޅުގަނޑުމެން ތިބޭނަން ނަތީޖާ އިއުލާނު ކުރާތަނުގައި." އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، މި ސަރުކާރުގެ އަނިޔާވެރިކަން އެނގޭ އިރު ވޯޓުލާ ނިމުމަށް ފަހު ނަތީޖާ އިއުލާނުކުރުމަށް ފަހު ރައީސް ޔާމީން ބަލި ގަބޫލު ކުރައްވަންދެން ތިބެންޖެހޭނީ މަގުމަތީގައި ކަމަށާއި އެންމެތަންކޮޅެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.

އެއަށް ފަހު ފުރަތަމަ 18 ނުވަތަ 20 މަސް ދުވަހުގެ ތެރޭގައި މި ސަރުކާރުން ހިންގާފައިވާ ވައްކަމާއި އަނިޔާވެރިކަން ބަލާ އެފަރާތްތަކަށް އަދަބު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
29 ޖުލައި 2018 | އާދީއްތަ 07:40
ބުއްލަ
ވޯޓުން ޔާމީނު ކާމިޔާބު ކުރެވިއްޖެއްޔާ މަގުމަތީ ތިބުމުން ތިޗިދާލުވާ ދިމޮކްރަސީ ދިމާނުވާނެ ނޫންތޭ!