ކ. މާލެ
|
30 ޖުލައި 2018 | ހޯމަ 10:20
އެމްއެންޑީއެފް ކޯސްޓްގާޑް: ލޯންޗެއް ބަންޑުން ޖަހާލައިގެން، ހަރަކާތްތެރިވަނީ.
އެމްއެންޑީއެފް ކޯސްޓްގާޑް: ލޯންޗެއް ބަންޑުން ޖަހާލައިގެން، ހަރަކާތްތެރިވަނީ.
ގޫގުލް
ލޯންޗެއް ބަންޑުން ޖަހާލުން
ވާދޫ ރިސޯޓް ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލައިފި
ލޯންޗުގައި މީހަކު ފެންނަން ނެތް
ކޯސްޓްގާޑުން ދަނީ ހަރަކާތްތެރިވަމުން

މާލެ އަތޮޅު ވާދޫ ރިސޯޓް ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލާފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ އެ ލޯންޗުގައި އެއްވެސް މީހަކު ހުރި ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ލޯންޗް ބަންޑުން ޖަހާލިކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެރޭ 11 ޖެހިއިރު ކަމަށާއި ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ދީފައިވަނީ މާލެއިން ފުރައިގެން އަނަންތަރާ ރިސޯޓަށް ދަތުރުކުރި "ޝާހީ 3" ނަމަކަށް ކިޔާ ދޯންޏަކުން ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް