ކ. މާލެ
|
28 ޖުލައި 2018 | ހޮނިހިރު 23:50
އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ): ތުޅާދޫގައި މުހިއްމު ތިން ވައުދެއް ވެވަޑައިގެންނެވި
އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ): ތުޅާދޫގައި މުހިއްމު ތިން ވައުދެއް ވެވަޑައިގެންނެވި
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
މުޅި ހަޔާތުގައި ވެސް ތެދުވެރިކަމާއި އަމާނާތްތެރިކަން ދޫކޮށް ނުލާނަން: އިބޫ
ގޯތި ދޫކުރުމާ ގުޅޭ މުހިއްމު ވައުދެއް ވެވަޑައިގެންނެވި
ޓޫރިޒަމަށް ކުރާ ހަރަދު ތިން ގުނަ ބޮޑު ކުރާނަން
އަތޮޅުގެ ނަފާ ރައްޔިތުންނަށް ހޯދައިދޭނެ ކަމަށް ވިދާޅުވި

ތެދުވެރިކަމާއި އަމާނާތްތެރި ކަމަކީ މުޅި ހަޔާތުގައި ވެސް ދޫކޮށްލާނެ ދެ ކަމެއް ނޫން ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ހޮނިހިރު ދުވަހު ބ. ތުޅާދޫގައި ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓުކަން ގަބޫލުފުޅު ކުރެއްވީ، ހަވާލު ކުރި ޒިންމާ އަދާކުރެވޭނެ ކަމުގެ ޔަގީންކަން އަމިއްލަ ނަފްސަަށް އޮތުމުން ކަމަށެވެ. ޕާޓީތަކުން އެއްބަސްވެވޭ ކެންޑިޑޭޓެއްގެ ގޮތުގައި ޕޯޑިއަމް ކައިރީގައި ހުއްޓިގެން ހުންނަންޖެހޭ ސަބަބަކީ ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމަށް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑު މިތާ ހުއްޓި ހުންނަންޖެހޭ ހަމައެކަނި ސަބަބަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަމާނާތްތެރިކަމާއި ތެދުވެރިކަން. އެއީ އަޅުގަނޑު ދޫކޮށްލާނެ ދެ ކަންތަކެއް ނޫން. އަޅުގަނޑުގެ މުޅި ހަޔާތުގައި ވެސް،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ޕާޓީތަކުގެ ލީޑަރުންނާއި ރައްޔިތުން އެދޭ ގޮތަށް އިންސާފުގެ އައްސޭރިއަކަށް ރާއްޖެ ގެންދިއުމަށްޓަކާ އޭނާގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން މިންވަރަކުން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

ތުޅާދޫގެ ރައްޔިތުންގެ ކަންބޮޑުވުންތައް ކައިރިން އަޑު އެއްސެވުމަށް ފަހު، އިބޫ ވިދާޅުވީ ތުޅާދޫފަދަ ބިން ހިއްކާފައިވާ ރަށްތަކުގައި ބިން ދޫނުކޮށް ހިފަހައްޓާފައި އޮތް އޮތުން، އެމަނިކުފާނުގެ ވެރިކަމެއްގައި ނިމުމަކަށް ގެންނާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ލޭންޑު ޔޫސް ޕްލޭން ހަދައި، އެފަދަ ރަށްތަކުން ގޯތި ދޫކުރަން ފަށާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ޓޫރިޒަމް އިސްތިހާރު ކުރުމަށް މިއަހަރުގެ ބަޖެޓުގައި އޮތީ ތިން މިލިއަން ޑޮލަރު ކަމަށާއި ނަމަވެސް އެމަނިކުފާނު ވެރިކަމެއްގައި ޓޫރިޒަމް އިސްތިހާރު ކުރުމަށް އޭގެ ތިން ގުނަ ބޮޑު ބަޖެޓެއް، ކަނޑައަޅާނެ ކަމަށެވެ. އޭގެ ސަބަބުން ރިސޯޓުތަކަށާއި ގެސްޓު ހައުސްތަކަކާއި ޔޮޓުތަކަށް އަންނަ ޓޫރިސްޓުން އިތުރުވެގެންދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

މަސްވެރިންނަށް ވައުދު ވެވަޑައިގަންނަވަމުން އިބޫ ވިދާޅުވީ މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯއްދަވައިދެއްވާނެ ކަމަށެވެ. ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ކަނޑުތަކަށް ވަދެ، ދާ އަޅަން އެ ފުރުސަތު ނުދޭނެ ކަމަށާއި މަސްކަނޑުތައް ހާއްސަ ކުރާނީ ހަމައެކަނި ދިވެހި މަސްވެރިންނަށް ކަމަށް އިބޫ ވިދާޅުވިއެވެ.

ބ. އަތޮޅަކީ މިހާރަށް ވުރެ ބޮޑަށް ހިމާޔަތް ކުރަންޖެހޭ އަތޮޅެއްކަން ފާހަގަކޮށް، އިބޫ ވިދާޅުވީ އަހަރެއްގެ ތެރޭގައި ބ. އަތޮޅުގެ ތިމާވެށީގެ ރީތިކަން ބަލާލުމަށް ހަތަރު ލައްކައެއްހާ މީހުން އެ އަތޮޅަށް އަންނަ ކަމަަށެވެ. ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ބ. އަތޮޅު އިތުރަށް ހިމާޔަތްކޮށް، އަތޮޅުގެ ހެޔޮ ނަފާ އަތޮޅުގެ ރައްޔިތުންނަށް ހޯއްދަވައި ދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށްޓަކާ އޮޑިޓާ ޖެނަރަލަށް ފުރިހަމަ މިނިވަންކަން ދެއްވާނެ ކަމަށާއި ސަރުކާރުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަން ހުއްޓުވާނެ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަސައްކަތާ އެކު ބޮޑުތަފާތަކުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
29 ޖުލައި 2018 | އާދީއްތަ 04:34
ލޮލްސް
Gaumah amaanaitheri vefa gaumah thedhuveri vanikoh OK. Ekamu ibu thedhuverivefa amaanaitherivaaneeves Nasheed ah ekani. Hope this doesn't prove to be true when you win.