ކ. މާލެ
|
28 ޖުލައި 2018 | ހޮނިހިރު 22:19
މާލޭގެ މަގެއްގެ މަސައްކަތް ކުރިއަށް ދަނީ
މާލޭގެ މަގެއްގެ މަސައްކަތް ކުރިއަށް ދަނީ
ރާއްޖެއެމްވީ
ބްރިޖް މަޝްރޫއު
ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށަނީ!
ބްރިޖް ހުޅުވެން ވާއިރަށް މަސައްކަތް ނިންމާލެވޭނެކަމަށް ހައުސިން އިން ބުނޭ

ހައުސިން މިނިސްޓްރީން ބުނީ އަންނަ ހަފްތާ ތެރޭގައި ތާރު އެޅުމުގެ މަސައްކަތް ފަށާނީ ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިން ކަމަށެވެ.

ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ބްރިޖުގެ ހުރިހާ މަސައްކަތްތަކާއެކު ނިމިގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ވިދާޅުވީ، މަގުތަކުގެ ތާރު އެޅުން އަންނަ ހަފްތާގެ ތެރޭގައި ފަށަން ތާވަލުކޮށްފައިވާއިރު އެ މަސައްކަތް ފަށަން ހަމަޖެހިފައިވަނީ ހުޅުމާލެ ފެރީޓާމިނަލާ ހިސާބުން ކަމަށެވެ. އޭނާ ވިދާޅުވީ މަގުތަކުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް ބްރިޖް ހުޅުވެން ވާއިރަށް މަސައްކަތް ނިންމާލެވޭނެ  ކަމަށެވެ.

މާލޭގައި ތާރު އެޅުމަށް ހަމަޖެހިފައިވަނީ ބޮޑުތަކުރުފާނު މަގުން ސަލްމާން ރަސްގެފާނު މިސްކިތާ ހިސާބުން ފެށިގެން މާލޭ އިންޑަސްޓްރިއަލް ވިލެޖާ ހަމައަށެވެ. މިހާރު އެ މަގުތައް ކޮނެ ނަރުދަމާގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް