ކ. މާލެ
|
28 ޖުލައި 2018 | ހޮނިހިރު 18:42
އިބޫ ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން. މިރޭ އިބޫގެ ކެމްޕެއިން ޖަލްސާ އޮންނާނީ ތުޅާދޫގައި
އިބޫ ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން. މިރޭ އިބޫގެ ކެމްޕެއިން ޖަލްސާ އޮންނާނީ ތުޅާދޫގައި
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
އިބޫގެ ފުރަތަމަ ކެމްޕެއިން ޖަލްސާ މިރޭ ތުޅާދޫގައި
ޖަލްސާ އޮންނާނީ މިރޭ 21.00 ގައި

ތުޅާދޫ އިން މުރުޝިދު އަބްދުލް ހަކީމް

 

އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) ތާއީދު ހޯއްދެވުމަށް ބާއްވާ ފުރަތަމަ ޖަލްސާ މިރޭ ބ.ތުޅާދޫގައި އޮންނާނެ އެވެ.  

ބ.އަތޮޅަށް އިބޫ ކުރައްވާ ދަތުރުފުޅުގައި އިބޫ ތުޅާދޫއަށް ވަޑައިގެންފައިވަނީ މިއަދުގެ ހަވީރު އެވެ. މިރޭ ޖަލްސާ ބޭއްްވުމަށް ހަމަ ޖެހިފައިވަނީ އެރަށު ބަނދަރު ސަރައްދުގައި މިރޭ 21.00ގައި އެވެ.

ތުޅާދޫއަށް އެމަނިކުފާނު ވަޑައިގެންނެވުމުން ވަރަށް ހޫނު މަރުހަބާއެއް އެރަށުގެ މީހުން ވަނީ ކިޔާފަ އެވެ. އަދި ގިނަ އަދަދެއްގެ މީހުން އެރަށުގެ ބަނދަރުންމަތިން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނިކުމެ ތިއްބެވެ.

ބ، އަތޮޅަށް އިބޫ ކުރައްވާ ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ އެ އަތޮޅު ގޮއިދޫ އަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތާއީދު ހޯދެއްވުމަށް ބ.އަތޮޅަށް ފެއްޓެވި މި ދަތުރުފުޅުގައި އިދިކޮޅު ކޯލިޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާއިރު  މި ދަތުރުފުޅުގައި އާދިއްތަ ދުވަހު ބ.ހިތާދޫ އަށާއި މާޅޮހުގެ އިތުރުން އޭދަފުއްޓަށާއި ދަރަވަންދޫ އަށް ވެސް އިބޫ ވަޑައިގަންނަވާއެވެ. އަދި އެއަށް ފަހު ހޯމަ ދުވަހު އެމަނިކުފާނު އެ އަތޮޅު ކެންދޫ އަށާއި ކަމަދޫގެ އިތުރުން ކުޑަ ރިކިއްޔަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.   

 

- ކޮމެންޓް