ކ. މާލެ
|
28 ޖުލައި 2018 | ހޮނިހިރު 18:08
އެލްޖީއޭ ބޯޑުގެ މެމްބަރު އާމިރު
އެލްޖީއޭ ބޯޑުގެ މެމްބަރު އާމިރު
މިހާރު
އެލްޖީއޭ ބޯޑު
ނިންމުންތަކާ ދެކޮޅު ހެއްދެވި އެލްޖީއޭ ބޯޑުގެ މެމްބަރަކު، ސިޔާސީ މަގާމަކުން ވަކިކޮށްފި
ކައުންސިލަރުން ސަސްޕެންޑު ކުރަން ނެގި ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވާ
އެލްޖީއޭ ބޯޑުން އާމިރު ވަކިކުރެވޭނީ މަޖިލީހަށް ހުށަހަޅައިގެން
އޭނާ ވަކިކޮށްފައި ވަނީ ކޯޑިނޭޓަރުގެ މަގާމުން

ކައުންސިލަރުން ސަސްޕެންޑްކޮށް، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމާ ނިންމުންތަކާ ދެކޮޅު ހެއްދެވި އެ ބޯޑުގެ މެމްބަރަކު، ސިޔާސީ މަގާމަކުން ވަކިކޮށްފިއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ސިޔާސީ މަގާމުން ވަކިކޮށްފައި ވަނީ އެލްޖީއޭ ބޯޑުގެ މެމްބަރު އާމިރު އަލީއެވެ. އޭނާ ވަކިކޮށްފައި ވަނީ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުންނެވެ.

އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ޕްރައިމަރީއާ ގުޅިގެން، އެ ޕާޓީގެ 26 ކައުންސިލަރަކު ސަސްޕެންޑު ކުރުމަށް މިދިޔަ މަހު އެލްޖީއޭ ބޯޑުގައި ނެގި ވޯޓުގައި އާމިރު ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ. ކައުންސިލްތަކުގެ ބަލަދުވެރި ފަރާތުގެ ހައިސިއްޔަތުން އެލްޖީއޭ. އަށް ލިބިފައިވާ ބާރުތައް ނަހަމަ ގޮތުގައި އެ ބޯޑުން ބޭނުން ކުރަމުންދާ ކަމަށް ބުނެ، ބޯޑުގެ ބައްދަލުވުންތަކުގައި އާމިރު ދެކޮޅު ހައްދަވާކަން ވެސް ވަނީ އެނގިފައެވެ.

އާމިރަކީ 2014 އަހަރު މަޖިލީހުން ރުހުން ދީގެން، އެލްޖީއޭ. ގެ ބޯޑަށް އައްޔަންކޮށްފައިވާ މެމްބަރެކެވެ. އެލްޖީއޭ ބޯޑުގައި އޭނާ ތަމްސީލު ކުރައްވަނީ މަދަނީ ޖަމިއްޔާތަކެވެ. އޭނާ އެ މަގާމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދިނީ މަދަނީ ޖަމިއްޔާތަކުގެ ފަރާތުން އެލްޖީއޭ ބޯޑަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން، އެންމެ މަތިން މާކްސް ލިބިގެންނެވެ.

"ރާއްޖެއެމްވީ" އަށް އެނގިފައިވާ ގޮތުގައި ރައީސް އަބްދުﷲ ޔާމީން، އޭނާއަށް ދީފައިވާ ސިޔާސީ މަގާމުން ވަކިކޮށްފައި ވަނީ މި މަހުގެ ކުރީކޮޅުއެވެ.

ނަމަވެސް އޭނާ އެލްޖީއޭ ބޯޑުން އަދި ވަތްކެއް ނުކުރެއެވެ. އެލްޖީއޭ ބޯޑުން، މެމްބަރުން ވަކިކުރެވޭނީ މަޖިލީހުން އެ މެމްބަރަކު ވަކިކުރަން ފާސްކުރުމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
28 ޖުލައި 2018 | ހޮނިހިރު 17:03
އަސްލުހާލަތު
thi fakeh meena ves vote dheegen council tjah suspend kohfa hury.. housin akaa lga akaa konkameh.. thiyahen nama lga in dhoa vaki kuraani