ކ. މާލެ
|
28 ޖުލައި 2018 | ހޮނިހިރު 14:45
ހެނބަނދޫއިން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވުން ޒުވާނުން ކުރި މުޒާހަރާގެ ތެރެއިން
ހެނބަނދޫއިން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވުން ޒުވާނުން ކުރި މުޒާހަރާގެ ތެރެއިން
ރާއްޖެއެމްވީ
ކަރަންޓު ކެނޑުން
ހެނބަދޫއިން ކަރަންޓު ކެނޑޭ މައްސަލައަށް ވަނީ ވަގުތީ ހައްލެއް ހޯދައިދީފައި: ކައުންސިލް
ހެނބަދޫއިން ދޭތެރެދޭތެރެއިން ކަރަންޓު ކެނޑޭތާ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް
މިހާރު މުޅި ރަށަށް ކަރަންޓު ފޯރުކޮށްދެނީ 100 ކިލޯވޯޓުގެ ޖަނަރޭޓަރަކުން

ނ. ހެނބަދޫގައި ކަރަންޓު ކެނޑޭ މައްސަލައަށް ވަގުތީ ހައްލެއް ލިބިފައިވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހެނބަދޫ ކައުންސިލްގެ ރައީސް އާދަމް ސަމީރު ވިދާޅުވީ އެރަށުން ކަރަންޓު ކެނޑޭ މައްސަލައަށް ހައްލެއް ނުލިބޭތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އިރުއިރުކޮޅާ ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންގެ އަގުބޮޑެތި މުދަލާއި، ވިޔާފާރިވެރިންގެ މުދަލަށް ގެއްލުން ވެފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވުމާއި ގުޅިގެން މުޒާހަރާ ކުރުމުން މިހާރު 100 ކިލޯވޯޓުގެ ޖަނަރޭޓަރަކުން ކަރަންޓު ދޫކޮށްފައިވާ ކަމަށެވެ. އަދި ކަރަންޓު ކެނޑޭ ނަމަ މުޒާހަރާ ކުުރަން އިންޖީނުގޭގެ ކުރިމައްޗަށް އެއްވާނެ ކަމަށް އެރަށުގެ ބައެއް ޒުވާނުން ބުނަމުންދާ ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ކަރަންޓު ކެނޑޭ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދީފައިވާއިރު ގާތްގަނޑަކަށް ފަނަރަވަރަކަށް ދުވަސްފަހުން ދާއިމީ ހައްލެއް ހޯދައިދޭނެ ކަމަށް ފެނަކައިން އަންގާފައިވާ ކަމަށެވެ.

"ރަސްމީ ލިއުމަކުން އައު ޖަނަރޭޓަރެއް ގެންނާނެ ކަމަށް ނޫނީ ފޮނުވާނެ ކަމަށް ފެނައިން ނުބުނޭ. އެކަމަކު ގާތްގަނޑަކަށް ފަނަރަވަރަކަށް ދުވަސްފަހުން ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބުނެފަ އޮތީ. މައުލޫމަތު ލިބޭ ގޮތުގައި އިންޖީނުގޭގެ ހުރިހާ ޖަނަރޭޓަރެއް ހުރީ ހަލާކުވެފަ."ސަމީރު ވިދާޅުވިއެވެ.

ހެނބަދޫއަކީ ގާތްގަނޑަކަށް 700 އެއްހައި މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް