ކ. މާލެ
|
24 ޖެނުއަރީ 2017 | އަންގާރަ 16:23
ޑެންގީ ޖެހިގެން ރިޕޯޓްކުރުން އަންނަނީ އިތުރުވަމުން ކަމަށް އެޗްޕީއޭ އިން ބުނޭ: ފޮޓޯ_ އާކައިވް
ޑެންގީ ޖެހިގެން ރިޕޯޓްކުރުން އަންނަނީ އިތުރުވަމުން ކަމަށް އެޗްޕީއޭ އިން ބުނޭ: ފޮޓޯ_ އާކައިވް
ގޫގުލް
ޑެންގީ ހުން
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
މި ބަލިޖެހޭ ނިސްބަތް އިތުރުވެދާނެ ކަމަށް ލަފާކުރޭ

މާލެ އާއި ބައެއް އަތޮޅުތަކުން ޑެންގީހުން ޖެހިގެން ރިޕޯޓްކުރަމުންދާ މީހުންނާއި ކުދިން އިތުރުވަމުން އަންނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

 

އެޗްޕީއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރު ވެސް ޑެންގީ ޖެހިފައިވާ ކަމަށެވެ. އަދި 2016 ވަނަ އަހަރާއި 2015 ވަނަ އަހަރަށް ވުރެ ޑެންގީ ހުން މިއަހަރު އިތުރުވެދާނެތީ، އެކަމަށް ސަމާލުވެ ދުރާލާ ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭ އިން އެދިފައި ވެއެވެ.

 

ނިމިދިޔަ އަހަރު 1962 ކުއްޖަކަށް ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައި ވެއެވެ. އެ އެދަދަކީ 2015 ވަނަ އަހަރާ އަޅާ ބަލާއިރު ހަތަރު ޕަސެންޓް އިތުރު އަދަދެކެވެ.

 

ޑެންގީ ފެތުރުން ކޮންޓްރޯލް ކުރުމަށް މަދިރި ހެފުމާއި މަދިރި އާލާވާނެ ކަންކަމުން ރައްކާތެރިވެ ތިބުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

 

އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވަނީ ޑެންގީ ހުމުން ރައްކާތެރިވުމަށް ކޮންމެ އަހަރަކު ވެސް އެފަރާތުން ކުރިއަށްދާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި މަދިރި އާލާވާ ތަންތަން ނައްތާލުމަށް ހިންގާ ޕްރޮގްރާމްތައް މިއަހަރުވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

 

- ކޮމެންޓް