ކ. މާލެ
|
28 ޖުލައި 2018 | ހޮނިހިރު 13:07
ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވުމާ ގުޅިގެން މާމެންދޫ ރައްޔިތުން މުޒާހަރާ ކުރަނީ
ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވުމާ ގުޅިގެން މާމެންދޫ ރައްޔިތުން މުޒާހަރާ ކުރަނީ
ރާއްޖެއެމްވީ
ކަރަންޓުގެ މައްސަލަ
މާމެންދޫ ކަރަންޓު ކެނޑޭ މައްސަލަ މާދަމާ ހައްލު ކޮށްދޭނެ: ކައުންސިލް
ހޮނިހިރު ދުވަހުގެ ރޭގަނޑު 8 އިން 10 އަކާ ދޭތެރޭ އައު ޖަނަރޭޓަރެއް ލިބޭނެ
އެރަށަށް ދެގަޑިން ދެގަޑިން މިހާރު އަންނަނީ ކަރަންޓު ފޯރުކޮށްދެމުން

ލ. މާމެންދޫގައި ކަރަންޓު ކެނޑޭ މައްސަލަ އާދިއްތަ ދުވަހު މެންދުރު ހައްލު ކޮށްދޭނެ ކަމުގެ ޔަގީންކަން ފެނަކަ ކޯޕްރޭޝަނުން ދީފައިވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ. 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލްގެ ނާއިބު ރައީސް ހުސައިން ހަބީބު ވިދާޅުވީ ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ކަރަންޓު ދޫނުކުރުމަށް ނިންމި ނަމަވެސް ފެނަކައިން ޔަގީން ކަމާ އެކު ދެ ގަޑިން ދެ ގަޑިން ކަރަންޓު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ހަބީބު ވިދާޅުވީ މުޅި ރަށަށް ކަރަންޓު ދެވޭވަރުގެ ރަނގަޅު އައު ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނައިން ބުނެފައިވާ ކަމަށާއި، ހޮނިހިރު ދުވަހުގެ ރޭގަނޑު 8:00 އާއި 10:00 އާ ދޭތެރޭ އައު ޖަނަރޭޓަރު ލިބޭނެ ކަމަށެވެ. އަދި މާދަމާ މެންދުރު ދާއިމީ ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން ފެނަކައިންދީފައިވާ ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.

"މިބަލަނީ 400 ނޫނީ 300 އަށް ވުރެ މަތީ ކިލޯވޯޓުގެ ޖަނަރޭޓަރެއް ކަމަށް މިގެންނަނީ. ދެގަޑިން ދެގަޑިން ކަރަންޓު ދިނުމަށް ނިންމީ ފެނަކައިން މިދިން ޔަގީން ކަމުގެ ސަބަބުން ރައްޔިތުންނާ މަޝްވަރާ ކޮށްފަ. މިކަމުގަ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭ" ހަބީބު ވިދާޅުވިއެވެ.

މާމެންދޫ އިން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވުމާ ގުޅިގެން އެރަށުގެ ރައްޔިތުން ހުކުރު ދުވަހުގެރޭ އިންޖީނުގޭގެ ކުރިމަތީގައި ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.

މާމެންދޫ އިންޖީނުގޭގައި 160 ކިލޯވޮޓުގެ ޖަނަރޭޓަރަކާއި، 400 ކިލޯވޮޓުގެ ޖަނަރޭޓަރަކާއި، 180 ކިލޯވޮޓުގެ ޖަނަރޭޓަރެއް ހުރެއެވެ. ނަމަވެސް 160 ކިލޯވޮޓުގެ ޖަނަރޭޓަރާއި، 180 ކިލޯވޮޓުގެ ޖަނަރޭޓަރު ހަލާކުވެފައި ހުންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް