ކ. މާލެ
|
29 ޖުލައި 2018 | އާދީއްތަ 11:10
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކެމްޕެއިނަށް އިބޫ ބ. އަތޮޅަށް ވަޑައިގަތުމަށް އެއާޕޯޓްގައި
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކެމްޕެއިނަށް އިބޫ ބ. އަތޮޅަށް ވަޑައިގަތުމަށް އެއާޕޯޓްގައި
މުރުޝިދް އަބްދުލް ހަކީީމް
ރިޔާސީ އިންތިހާބު 2018
އެއް ހަރުފަތް މިއަދު މިގިރާ ކުރެވުނީ، ކުރިއަށް އޮތީ ވަރަށް އުނދަގޫ ބުރަ މަސައްކަތްތަކެއް: އިބޫ
ބޮޑު ޖަލްސާ މިރޭ ތުޅާދޫގައި
ބ. އަތޮޅުގެ ނުވަ ރަށަކަށް ވަޑައިގަންނަވާނެ

ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތުގެ އެއް ހަރުފަތް މިއަދު ގިރާކުރެވިއްޖެ ކަމަށާއި ކުރިއަށް ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ އަދި ވަރަށް އުނދަގޫވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ. 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިބޫ ހޮނިހިރު ދުވަހު ބ. އަތޮޅަށް ފުރާވަޑައިގެންނެވުމަށް އެއާރޕޯޓަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިގެންފައިވާ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން މިހާރު އަންގާފައިވާ ކަމަށެވެ.

"ކެންޑިޑެންސީ ބަލައިގެންފި ކަމުގެ ލިޔުން ލިބިއްޖެ. ކުރަމުންދާ މަސައްކަތުގެ އެއް ހަރުފަތް މިއަދު މިގިރާ ކުރެވުނީ. މިކަމުގައި ކުރަންހުރި މަސައްކަތްތައް ވަރަށް ގިނަ، ވަރަށް އުނދަގޫ ބުރަ މަސައްކަތްތަކެއް ކުރިއަށް އޮތީ، އެހެން ނަމަވެސް ގުޅިފައިވާ ކޯލިޝަނުނާއި އަޅުގަނޑުމެންނަށް ތާއީދު ކުރާ އެންމެންނާއެކީ އިރާދަ ކުރެއްވިއްޔާ 23 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރާނަން،" އިބޫ ވިދާޅުވި އެވެ.

 

އިބޫ ބ. އަތޮޅަށް ވަޑައިގަތުމަށް ފްލައިޓްގައި

އިބޫ ވިދާޅުވީ މި ދަތުރުފުޅުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި ރައީސް މައުމޫންގެ ރިފޯމް މޫވްމަންޓްގެ ފަރާތުން ވެސް ބައިވެރިވާ ކަމަށެވެ. އަދި އިތުރަށް ވިދާޅުވީ ބ. އަތޮޅުގެ ނުވަ ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށާއި ބޮޑު ޖަލްސާ ބޭއްވުމަށް ނިންމާފައި ވަނީ ތުޅާދޫގައި ކަމަށެވެ.

"ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ ތައްޔާރުކުރުމުގައި ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަންނާނެ، ރަށްތަކަށް ކުރާ ދަތުރުތަކުގެ މައިގަނޑު ބޭނުމަކީ ވެސް އެއީ،" އިބޫ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް