ކ. މާލެ
|
29 ޖުލައި 2018 | އާދީއްތަ 11:02
އިލެކްޝަންސް ކޮމިޝަނުގައި އިބޫ އާއި އީސީގެ ރައީސް ޝަރީފު
އިލެކްޝަންސް ކޮމިޝަނުގައި އިބޫ އާއި އީސީގެ ރައީސް ޝަރީފު
އިލެކްޝަންސް ކޮމިޝަން
ރިޔާސީ އިންތިޚާބު 2018
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫގެ ކެންޑިޑެސީ އީސީން ބަލައިގެންފި
ކެންޑިޑެސީ ބަލައިގެންފައިވާ ކަމުގެ ލިޔުން ވަނީ ހަވާލުކޮށްފައި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެންޑިޑެސީ ބަލައިގެންފައިވާ ކަމަށާއި އެކަން ގަބޫލު ކުރިކަމުގެ ލިޔުން ވެސް ހަވާލުކޮށްފައިވާ ކަމަށެވެ.

އިބޫގެ ކެންޑިޑެސީ ފޯމު ހުށަހަޅާފައި ވަނީ އެކަމަށްޓަކައި ގުޅިފައިވާ ޕާޓީތަކުން ބުރާސްފަތި ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތަކާ އެކުއެވެ.

އިބޫ އާއި ރަނިންގމޭޓް ފައިސަލް ނަސީމްގެ ކެންޑިޑެސީ ފޯމް އިލްކެޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ވަޑައިގަތުމުން އެ ދެބޭފުޅުންނަށް މަރުޙަބާ ދެންނެވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފެވެ.

މިއަހަރުގެ ސެޕްޓެމްބަރުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ މިމަހުގެ 23 ން ފެށިގެން އަންނަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މިހާތަނަށް އިންތިޚާބަށް ކުރިމަލުމަށް އިބޫ އާއި ޕީޕީއެމްގެ ފަރާތުން ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެލްޖީއޭގެ ކުރީގެ ނާއިބު ރައީސް ޝުޖާއު ހުސައިން ވަނީ އިންތިޚާބަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާތަނަށް ފޯމު ހުށަހެޅުއްވިކަން ހާމަކުރައްވާފައި ވަނީ އިބޫ އެކަންޏެވެ. 

ރައީސް ޔާމީނާ އެކު ރަނިންގ މޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މިހާރުގެ ވެސް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަނެއް ދެ ބޭފުޅުންގެ ރަނިންގ މޭޓާއި ކެމްޕެއިނާ ގުޅޭ ގޮތުން މާ ގިނަ މައުލޫމާތެއް މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް