ކ. މާލެ
|
29 ޖުލައި 2018 | އާދީއްތަ 11:13
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ބ. އަތޮޅަށް ފުރާވަޑައިގަތުމަށް ފްލައިޓްގައި
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ބ. އަތޮޅަށް ފުރާވަޑައިގަތުމަށް ފްލައިޓްގައި
މުރުޝިދް އަބްދުލް ހަކީީމް
ރިޔާސީ އިންތިހާބު 2018
އިބޫ ބ.އަތޮޅަށް ފުރާވަޑައިގެންފި
ބ. އަތޮޅުގެ ގިނަ ރަށްތަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި
ތުޅަދޫގައި ކެމްޕެއިން ޖަލްސާ މިރޭ އޮންނާނެ

އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކެމްޕެއިން ދަތުރުފުޅެއްގައި ބ. އަތޮޅަށް މިއަދު ފުރާވަޑައިގެންފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތާއިދު ހޯއްދެވުމަށް ބ. އަތޮޅަށް ފެއްޓެވި މި ދަތުރުފުޅުގައި އިދިކޮޅު ކޯލިޝަނުގެ އިސްވެރިން ބައިވެރިވެވަޑައި ގަންނަވައެވެ. 

މި ދަތުރުފުޅުގައި ބ. ގޮއިދޫ އަށާއި ތުޅާދޫއަށް މިއަދު އިބޫ ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ. އަދި މިރޭ ބ. ތުޅާދޫގައި ކެމްޕެއިން ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. މި ޖަލްސާ ވެގެންދާނީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ފަހު ބާއްވާ ފުރަތަމަ ކެމްޕެއިން ޖަލްސާއަށެވެ. އެމަނިކުފާނުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ހޮނިހިރު ދުވަހު ވަނީ ބަލައިގެންފައެވެ.

އާދިއްތަ ދުވަހު ބ. ހިތާދޫއަށާއި މާޅޮހުގެ އިތުރުން އޭދައްފުއްޓަށާއި ދަރަވަންދޫ އަށް ވެސް އިބޫ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި އެ އަށް ފަހު ހޯމަ ދުވަހު އެމަނިކުފާނު އެ އަތޮޅު ކެންދޫއަށާއި ކަމަދޫގެ އިތުރުން ކުޑަރިކިއްޔަށް ވެސް ވަޑައިގަންނަވާނެއެވެ.

އެމަނިކުފާނަށް ރިޔާސީ ޓިކެޓް ދިނުމަށް އެމްޑީޕީން ފާސްކުރި ފަހުން އައްޑޫ ސިޓީއަށާއި ފުވަމުއްލަކު ސިޓީއަށް ވަނީ ވަޑައިގެންފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް