ކ. މާލެ
|
28 ޖުލައި 2018 | ހޮނިހިރު 06:51
ހަނދު ކޭތަ ހިފަން ފަށާފައި. ސްތަކުންގެ ކުށްފާފަތަކާއި އުރެދުންތައް ގިނަވަމުގެ ސަބަބުން ވެސް ކޭތަ ހިފާ
ހަނދު ކޭތަ ހިފަން ފަށާފައި. ސްތަކުންގެ ކުށްފާފަތަކާއި އުރެދުންތައް ގިނަވަމުގެ ސަބަބުން ވެސް ކޭތަ ހިފާ
ގޫގުލް
ހަނދުކޭތަ ހިފުން
ކުށް ފާފަތަކާއި އުރެދުންތައް ގިނަވަމުން ވެސް ކޭތަ ހިފާ، ކޭތަ ހިފުމުން އަންނަ އަނދިރިކަން ހަނދާންކޮށްދެނީ ކަށްވަޅުގެ އަނދިރިކަން: ޚުތުބާ
ހުކުރު ދުވަހުގެ ރޭ 11:30ގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ވަނީ ކޮށްފައި
ގިޔާމަތްވުން ފެށޭނީ ވަރުގަދަ ބިންހެލުމަކާއި ހަނދު ކޭތަ ހިފުމަކާއި ތަރިތައް ވެރި ބުރައިގެންދާ ދިޔުމަކުން
ހުކުރު ދުވަހުގެ ރޭ ހިފާފައިވާ ހަނދުކޭތަ ވާނީ މިގަރުނުގައި ފެންނާނެ އެންމެ ދިގު ހަނދުކޭތައަށް

ކުށްފާފަތަކާއި އުރެދުންތައް ގިނަވުމުން ވެސް ކޭތަ ހިފާކަމަށާއި ކޭތަ ހިފުމުން އަންނަ އަނދިރިކަން ހަނދާންކޮށްދެނީ ކަށްވަޅުގެ އަނދިރިކަން ކަމަށް ހުކުރު ދުވަހުގެރޭ ކުރި ކޭތަ ނަމާދުގެ ޚުތުބާގައި ބުނެފިއެވެ.

ހުކުރު ދުވަހުގެ ރޭ 11:30ގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކޮށްފައިވާއިރު ކޭތަ ނަމާދުގެ ޚުތުބާގައި ބުނެފައިވަނީ ކޭތަ ހިފަނީ ހަމައެކަނި ގުދުރަތީ ސަބަބުތަކާ ހެދި ނޫން ކަމަށާއި މީސްތަކުންގެ ކުށްފާފަތަކާއި އުރެދުންތައް ގިނަވަމުގެ ސަބަބުން ވެސް ކޭތަ ހިފާ ކަމަށް ކީރިތި ރަސޫލާގެ ބަސްފަޅުތަކުން އެނގޭ ކަމަށެވެ.

އަދި ކޭތަ ހިފުމުން ދުނިޔެއަށް ވެރިވާ އަނދިރިކަން އިންސާނާއަށް ހަނދާންކޮށްދެނީ ކަށްވަޅުގެ އަނދރިކަން ކަމަށާއި އެހެންކަމުން ރަސޫލާ(ސއވ) ކޭތަ ނަމާދުގެ ޚުތުބާގައި ކަށްވަޅުގެ އަޒާބުން ރައްކާތެރި ކޮށްދެއްވުމަށް އެދި ދުއާ ކުރުމަށް ނަސޭހަތް ދެއްވާފައިވާ ކަމަށެވެ.

" ކީރިތި ރަސޫލާގެ ބަސްފުޅުން އެނގޭ ގޮތުގައި ކޭތަ ހިފަނީ ހަމައެކަނި ގުދްރަތީ ސަބަބުތަކަކާ ހެދިއެއް ނޫނެވެ. މީގެ އިތުރުން ކޭތަ ހިފަނީ މީސްތަކުންގެ ކުށްފާފަތަކާއި އުރެދުންތައް ގިނަވަމުގެ ސަބަބުންނެވެ. އާޚިރަތާއި މެދު ފަރުވާ ކުޑަކޮށް ދުންޔަވީ އަރާމުތަކުގެ ތެރެއަށް ގެނބި ހެއްލެނިވުމުގެ ސަބަބުންނެވެ." ކޭތަ ނަމާދުގެ ޚުތުބާގައި ބުނެފައިވެއެވެ.

ކޭތަ ނަމާދުގެ ޚުތުބާގައި ބުނެފައިވަނީ ގިޔާމަތްވުން ފެށޭނީ ވަރުގަދަ ބިންހެލުމަކާއި ހަނދު ކޭތަ ހިފުމަކާއި ތަރިތައް ވެރި ބުރައިގެންދާ ދިޔުމަކުން ކަމަށަށެވެ. އެހެންކަމުން ކޭތަ ހިފުންފަދަ ކަންތައްތަކަކީ ﷲގެ މަތިން ހަނދުމަކޮށް ދެއްވުމަށް މާތްﷲ މިންވަރު ކުރައްވާފައިވާ ކަންތައްތައްކަމަށެވެ.

ކޭތަ ހިފަނީ ވަކި މީހަކު މަރުވެގެން އަދި ވަކި މީހަކު އުފަން ވެގެން ނޫން ކަމަށާއި ކޭތަ ހިފުމަކީ މާތްﷲ އިރަށާއި ހަނދަށް މިންވަރު ކުރައްވާފައިވާ ދައުރުވުންތަކުގެ ސަބަބުން ހިނގާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ހުކުރު ދުވަހުގެ ރޭ ހިފާފައިވާ ހަނދުކޭތަ ވާނީ މިގަރުނުގައި ފެންނާނެ އެންމެ ދިގު ހަނދުކޭތައަށް ކަމަށް ނުޖޫމީ އިލްމުވެރިން ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް