ކ. މާލެ
|
29 ޖުލައި 2018 | އާދީއްތަ 11:07
ސަރުކާރުގެ ގިނަ އޮފީސްތައް ހިންގަމުން އަންނަ ވެލާނާގެ. އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައި
ސަރުކާރުގެ ގިނަ އޮފީސްތައް ހިންގަމުން އަންނަ ވެލާނާގެ. އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައި
މުހައްމަދު ޝަރުހާން
އާދީއްތަ ދުވަސް ބަންދު
އާދީއްތަ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި
ސަރުކާރު އޮފީސްތައް ހުޅުވޭނީ 30 ޖުލައިވާ ހޯމަދުވަހު

އާދިއްތަ ދުވަހަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އާދީއްތަ ދުވަސް ބަންދުކުރަން ރައީސް ޔާމީން ނިންމެވީ މިނިވަން ދުވަހުގެ ކުޅިވަރުތައް ހޮނިހިރު ދުވަހުގެ ރެއަށް ފަސްކޮށްފައިވާތީ، ސަރުކާރުގެ މުވައްޒަފުންނަށާއި ސްކޫލްތަކުގެ ކުދިންނަށް ލުޔެއް ދެއްވުމުގެ ގޮތުން ކަމަށެވެ.

"މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ބާއްވާ ކުޅިވަރާއި ހެވިކަމުގެ ރަސްމިއްޔާތު، 28 ޖުލައި ދުވަހުގެ ރެޔަށް ފަސްކުރެވިފައިވާތީ، އެ ހަރަކާތުގައި ގިނަ ސްކޫލްކުދިންނާއި ސަރުކާރުގެ މުވައްޒަފުން ބައިވެރިވާތީ، އެ މުވައްޒަފުންނާއި ދަރިވަރުންގެ ލުއި ފަސޭހައަށްޓަކައި ޖުލައި 29 ވާ އާދީއްތަ ދުވަހަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްކަމުގައި ރައީސް ނިންމަވައިފި. މިގޮތަށް ހަމަޖެއްސުމާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ދެން ހުޅުވާނީ ޖުލައި 30 ވާ ހޯމަ ދުވަހު،" މުއާޒު ވަކިވަކިން ކުރެއްވި ދެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

މިނިވަން ދުވަހުގެ ކުޅިވަރުތައް ބާއްވަން  ކުރިން ހަމަޖެއްސީ ހުކުރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައެވެ. އެހެން ނަމަވެސް މިހާރު ވަނީ އެދުވަސް ހޮނިހިރު ދުވަހުގެ ރެއަށް ބަދަލު ކޮށްފައެވެ. 

ރާއްޖޭގެ މިނިވަން ދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. ފަންސާސް ތިން ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ސަރުކާރު ބަންދުކުރީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
28 ޖުލައި 2018 | ހޮނިހިރު 10:08
އެމްޓީސީީސީ ސްޓާފް
ހާއި ތަރުޖަމާނު! އަހަރެމެން އެމްޓީސީސީ ކުދިންކޮޅު ނުހިމެނެނީތަ ސަރުކާރު ތެރޭ؟ މިހެން އަހާލަން މިޖެހުނީ އަހަރެމެންނަށް ބަންދު ނުވާތީ. އެމްޓީސީސީއަކީ ސަރުކާރުގެ 68 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއް. އަހަރެމެން އާދައިގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ނުދީ ބޮޑެތި މީހުން މުސާރަ ބޮޑުކޮށްލައިގެން އުޅޭއިރުވެސް ޝަކުވާ ކުރުމެއްނެތި މި އުޅެނީ. ނުވިތާކަށް ކޮންމެ ދެ އަހަރަކުން ދޭ ޕާރފޮމެންސް އިވެލުއޭޝަން ބޯނަސްވެސް ކަނޑާލައިފި. ކެމްޕެއިންއަށް ކަނޑައަޅާފަ އިންނަ ހުސްނުވާ ބަޖެޓުން ނެތްތަ މުސާރައަށް ގޮތެއް ހަދާލަދެވޭކަށް؟؟ ކިތައް މުވައްޒަފުންގެ ހައްގަކަށް ތި އަރައިގަންނަނީ؟؟ ވަރަށް ވޯޓް އިނގޭ ކޮންމެއަކަސް ގެއްލެނީ! މަށާ މަގޭ އާއިލާގެ ވޯޓް ނެތޭ ދެވޭކަށް. ސޮރީ މިސްޓަރ ޕްރެޒިޑެންޓް!!
28 ޖުލައި 2018 | ހޮނިހިރު 09:44
Haann
ހާދަހާ ދެރަކޮށޭ ކަންތައް މިދިމާވީ! ރޭގަ 29 ބަންދޭ ބުނެގެން ޗުއްޓީ ދިގުކޮށްލާފަ ހަމަޖެހިލިތަނާ އަންގައިފި އެމްޓީސީސީއަކަށް ބަންދެއް ނޫނޭ! ހާދަހާ ލާރި އެކޭ މި ބޭކާރު ކުރެވުނީ. ދެން ކިހިނެއް ވޯޓް ދެވޭނީ ރައީސް ޔާމީނަށް. ސޮރީ ޒިޔަތު! އަދި މަ މިހިރީ މިރޭ ދަރިންކޮޅު ގޮވައިގެން މާލެ އަރާލަން ހިތުލައިގެން ކުޅިވަރު ބަލާލަން. އެކަމަކު ދެންމެ އެ އެންގީ އެމްޓީސީސީއަކީ ވިޔަފާރި ކުރާ ތަނަކަށް ވާތީ މާދަން ބަންދެއް ނުވާނެއޭ. ވިޔަފާރި ކުރުމަށްވުރެ ބޮޑަށް ދެން ކެމްޕެއިނެއްނު ކުރަނީ. ކުޅިވަރު ބަލަން ގޮސް އަނެއްކާ ކިހިނެއް އޮފީހަށް ދާނީ.