ކ. މާލެ
|
28 ޖުލައި 2018 | ހޮނިހިރު 08:28
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް: ސިވިލް ސާވީސްގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމަށް ވަނީ ވައުދުވެވަޑައިގެންފައި
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް: ސިވިލް ސާވީސްގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމަށް ވަނީ ވައުދުވެވަޑައިގެންފައި
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އިބޫގެ ވައުދު: ސިވިލް ސާވީސް މުވައްޒަފުންގެ އިތުރު ގަޑީގެ ލިމިޓް އުވާލާނަން
ޓީޗަރުންނާއި ނަރުހުންނަށް ލިމިޓެއް ނެތި އިތުރު ގަޑީގެ ފައިސާ ލިބޭނެ
އިބޫ ވިދާޅުވީ އެކަން ބަދަލު ކުރައްވާނެ ކަމަށް
މިހާރު އިތުރު ގަޑީގެ ފައިސާ ލިބެނީ ވަކި ވަރަކަށް

ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑި ލިމިޓް ކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ގެނެސްދިން "އިބޫ" ޕްރޮގުރާމަށް ދެއްވި އިންޓަވިއުގައި އިބޫ ވިދާޅުވީ އިތުރު ގަޑީގައި ކިތަންމެ ގިނައިން މަސައްކަތް ކުރި ނަމަވެސް އިތުރުގަޑީގެ ފައިސާ ދެވޭނީ ވަކި ވަރަކަށް ކަމަށް ކަނޑައަޅާފައި އޮންނަ އޮތުމަކީ ގަބޫލު ކުރެއްވޭ ކަމެއް ނޫން ކަމަށެވެ. ލިމިޓެއް ނެތި އިތުރު ގަޑީގެ ފައިސާ ލިބެން ޖެހޭ މުވައްޒަފުންގެ ގޮތުގައި ޓީޗަރުންނާއި ނަރުހުން ހާއްސަ ގޮތެއްގައި އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

"މިހާރު މި އޮންނަނީ އޯވަރ ޓައިމް ލިމިޓް ކުރެވިފައި. އޯވަރޓައިމް މި ދެވެނީ ވަކި ވަރަކަށް. އެކަން އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ނައްތާލާނަން،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ސިވިލް ސާވީސްގެ މުވައްޒަފުންގެ އުޖޫރަ މުރާޖާ ކުރަން ޖެހޭނެ ކަމަށާއި މުސާރައަށް ގެނެވިދާނެ ބަދަލުތަކާމެދު މިހާރު ވެސް ވިސްނަވާ ވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ސިވިލް ސާވީސްގެ މުވައްޒަފުންނާމެދު އެމަނިކުފާނުގެ ސަރުކާރެއްގައި ގެންގުޅުއްވާނެ ސިޔާސަތުތައް ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ ސިވިލް ސާވީސްގެ މުވައްޒަފުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި، ނަމަވެސް އެ މަނިކުފާނުގެ ވެރިކަމެއްގައި ސިޔާސީ ކޮންމެ ފިކުރެއްގެ މީހަކަށް ވެސް މިނިވަން ކަމާއެކު މަސައްކަތް ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ރާއްޖެޓީވީން ގެނެސްދޭ "އިބޫ" ޕްރޮގުރާމަކީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 10.00ގައި ގެނެސްދޭ ސިލްސިލާ ޕްރޮގުރާމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
5 އޯގަސްޓް 2018 | އާދީއްތަ 05:33
މާސްޓަރ
މިއީ މިދައްކާ ވާހަކައަކީ، ޓެކްނިކަލީ ނުކުރެވޭނެ ކަންތައް ކިތަންމެ ކުދިކަންތައްކަމަށްވިޔަސް ވޢުދު ނުވާސޭ. ބަޖެޓް މަޖްލިސްއަށް ހުށައަޅާއިރު ޢަދަދެއްޖަހަންޖެހޭނެ. މުޢައްސަސާތަކަށް ބަޖެޓް ދޫކުރާނީވެސް ވަކިޢަދަދަކަށް. މިހާރުވެސް ގިން މުޢައްސަސާސަތަކުގައި އިތުރުގަޑި ލިމިޓެއްނޯންނާނެ އެތަނުގެ ބަޖެޓުން ހަމޖެއްސޭކަމުގަ ވާނަމަ. އެހެންވީމާ ލިމިޓް އުވާލުމުގެ ވާހަކައަކީ ޖޯކެއް.
28 ޖުލައި 2018 | ހޮނިހިރު 05:42
habeeb
resort hissaa yaameenu keekey bunanee tiyabunaa sarukaaru muvah zafun nah musaara devenee aharemenge masaaiy katun
27 ޖުލައި 2018 | ހުކުރު 19:52
Ahmed
Naruhunge allowance anburaa iyaadhakuran govaalan
27 ޖުލައި 2018 | ހުކުރު 19:49
Dhen aijahaa
Saabahey Iboo. Naruhunge allowance thahves misarukaarun kandaalaafa