ކ. މާލެ
|
27 ޖުލައި 2018 | ހުކުރު 22:38
ޝަރަފުގެ ހިނގާލުން ކުރިއަށްދާނެ މަގުތައް -- އެމްއެންޑީއެފް
ޝަރަފުގެ ހިނގާލުން ކުރިއަށްދާނެ މަގުތައް -- އެމްއެންޑީއެފް
އެމްއެންޑީއެފް
މިނިވަން ދުވަސް
މިނިވަން ދުވަހުގެ ޝަރަފުގެ ހިނގާލުން ވެސް ފަސްކޮށްފި
ޝަރަފުގެ ހިނގާލުން ފަސް ކުރީ މުއްދަތެއް ނެތް ގޮތަށް

ދިވެހިރާއްޖޭގެ 53 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ހޮނިހިރު ދުވަހު ބާއްވަން ނިންމި ދިވެހި ސިފައިންގެ ޝަރަފުގެ ހިނގާލުން ވެސް މުއްދަތެއް ނެތް ފަސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ ޝަރަފުގެ ހިނގާލުން ފަސް ކުރީ ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމި ކުޅިވަރުގެ ހަރަކާތްތައް ހޮނިހިރު ދުވަހުގެ ރެއަށް ލަސްކުރުމާ ގުޅިގެންނެވެ. އެމްއެންޑީއެފުން ބުނީ މާދަން ހަވީރު ބާއްވަން ނިންމި ޝަރަފުގެ ހިނގާލުން ކެންސަލް ކޮށްފައިވާ ކަމަށާއި، އެ ހިނގާލުން ބާއްވާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

މީގެ ކުރިން ދިވެހި ސިފައިންގެ ޝަރަފުގެ ހިނގާލުން ބާއްވަން އޮތީ ޖުލައި 28 ވާ ހޮނިހިރު ދުވަހު ހަވީރު 16:00ގައިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް