ކ. މާލެ
|
27 ޖުލައި 2018 | ހުކުރު 19:21
ރާއްޖެޓީވީ އިން އަލަށް ފަށާ ޕްރޮގްރާމަށް އިބޫ އިންޓަވިއު ދެއްވަނީ
ރާއްޖެޓީވީ އިން އަލަށް ފަށާ ޕްރޮގްރާމަށް އިބޫ އިންޓަވިއު ދެއްވަނީ
މުހައްމަދު ޝަރުހާން
ރާއްޖެޓޥީ
އިބޫގެ ނޭނގޭ އާ ވާހަކަތަކެއް މިރޭ ރާއްޖެޓީވީން
ޕޮރްގުރާމް އޮންނާނީ ހުކުރު ދުވަހުގެ ރޭ 10.00ގައި

މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ)ގެ ކުރިން ނޭނގޭ އާ މައުލޫމާތުތަކެއް ރާއްޖެޓީވީއާ އެމަނިކުފާނު ހިއްސާ ކުރައްވާފައިވާ ޚާއްސަ ޕްރޮގްރާމެއް މިރޭ ރާއްޖެޓީވީން ގެނެސްދޭނެ އެވެ.

ގުޅިފައިވާ އިދިކޮޅު ކޯލިޝަނުން ތާއިދު ކޮށްފައިވާ ކެންޑިޑޭޓް އިބޫ ކުރިން މީޑިޔާތަކާ ހިއްސާ ކުރައްވާފައިނުވާ އާ ވާހަކަތަކެއް ގެނެެސްދިނުމަށް ހަމަ ޖެހިފައިވަނީ ރާއްޖެ ޓީވީން އަލަށް ފަށާ ޕްރޮގްރާމް "އިބޫ" ގައެވެ. މި ސިލްސިލާގެ ފުރަތަމަ ބައި ގެނެސް ދޭނީ މިރޭ 10.00ގައި އެވެ.  

ރާއްޖެޓީވީގެ އާމިރު ސަލީމާއި ނާޒްމީ ސައީދު ހުށަހަޅައިދޭ މި ޕްރޮގްރާމުގައި އިބޫ އާ ތަފާތު ދާއިރާތަކުން ސުވާލުތައް އަމާޒު ކުރާނެ އެވެ. މީގެ އިތުރުން އިބޫގެ ކެމްޕެއިންގެ އެންމެ ފަހުގެ މައުލޫމާތުތައް މި ޕްރޮގްރާމްގައި ހިއްސާ ކުރައްވާނެއެވެ. ހަމަ އެހެންމެ އެމަނިކުފާނު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ ރާއްޖެއަށް ގެންނަވާނެ ބަދަލުތަކާ ގުޅޭ ގޮތުންވެސް ބައެއް މައުލޫމާތު މި ޕްރޮގްރާމުން އެނގިގެންދާނެއެވެ.  ރާއްޖެޓީވީން ބުނިގޮތުގައި މި ޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކީ އިބޫ އަކީ ކޮން ބޭފުޅެއްކަން ވީހާ ވެސް ބޮޑަށް ރައްޔިތުންނަށް ބުނެދިނުމެވެ. 

މި ޕްރޮގުމްގެ އެކި ބައިތައް ކޮންމެ ހުކުރު ދުވަހެއްގެ ރޭ 10.00ގައި ގެނެސްދިނުމަށް ވަނީ ހަމަ ޖެހިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް