ކ. މާލެ
|
27 ޖުލައި 2018 | ހުކުރު 19:12
މިނިވަން ދުވަހުގެ ބައްދަލުވުމުގައި ރައީސް ޔާމިންގެ ދެކަނބަލުން
މިނިވަން ދުވަހުގެ ބައްދަލުވުމުގައި ރައީސް ޔާމިންގެ ދެކަނބަލުން
ރައީސް އޮފީސް
މިނިވަން ދުވަސް
މިނިވަންދުވަހުގެ ކުޅިވަރު ހަރަކާތްތައް މާދަމާ ރެއަށް ފަސްކޮށްފި
މިނިވަން ދުވަހުގެ ކުޅިވަރުތައް ލަސްކުރި ސަބަބެއް ހާމަކޮށްފައެއް ނުވޭ

ރާއްޖޭގެ 53 ވަނަ މިނިވަންދުވަހުގެ މުނާސަބަތާއި ގުޅިގެން ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމި ކުޅިވަރު ހަރަކާތްތައް ހޮނިހިރު ދުވަހުގެ ރެއަށް ލަސްކޮށްފިއެވެ.

ހޯމް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން ދުވަހުގެ ކުޅިވަރު އައިޓަމްތައް މާދަމާ ރެއަށް ފަސްކުރެވިފައިވާ ކަމަށެވެ. ނަމަވެސް ކުޅިވަރުގެ ހަރަކާތްތައް ހޮނިހިރު ދުވަހުގެ ރެއަށް ލަސް ކުރި ސަބަބެއް ހޯމް މިނިސްޓްރީ ހާމަކޮށްފައި ނުވެއެވެ.

މިނިވަން ދުވަހުގެ ކުޅިވަރުގެ ހަރަކާތްތައް ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ 8:15ގައި ގަލޮޅު ދަނޑުގައެވެ.

ހޮނިހިރު ދުވަހުގެ ރެއަށް މިނިވަންދުވަހުގެ ކުޅިވަރުތައް ފަސްކޮށްފައިވާއިރު މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ދިވެހި ސިފައިންގެ ޝަރަފުގެ ހިނގާލުން ވެސް އޮންނާނީ މާދަމާ ހަވީރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް