ކ. މާލެ
|
27 ޖުލައި 2018 | ހުކުރު 18:36
ފާނަބަސަންދު ޖެހިފައިވާ ކުޑަ ކުއްޖެއް
ފާނަބަސަންދު ޖެހިފައިވާ ކުޑަ ކުއްޖެއް
ގޫގުލް
އެޗްޕީއޭ
ފާނަބަސަންދު ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖޫން މަހު: އެޗްޕީއޭ
ފާނަބަސަންދު ޖެހިގެން އެންމެ ގިނައިން ރިޕޯޓުކުރި ސަރަހައްދަކީ މާލެ، ވިލިމާލެ، ހުޅުމާލެއިން އަދި ސ.އަތޮޅުން

ފާނަބަސަންދު ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖޫން މަހު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު މިއަހަރުގެ 22 ވަނަ ހަފްތާއިން ފެށިގެން ފާނަބަސަންދަ އިތުރުވަމުން އަންނަ ކަމަށެވެ. ފާނަބަސަންދަ ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖޫން މަހު ކަމަށްވާއިރު ފާނަބަސަންދު ޖެހިގެން އެންމެ ގިނައިން ރިޕޯޓުކުރި ސަރަހައްދަކީ މާލެ، ވިލިމާލެ، ހުޅުމާލެއިން އަދި ސ.އަތޮޅުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފާނަބަސަންދު ޖެހިގެން ފެބްރުއަރީ މަހު 172 މީހުން ރިޕޯޓުކޮށްފައިވާއިރު، މާރިޗް މަހު 145 މީހުން، އޭޕްރީލް މަހު 155 މީހުން، މެއި 209 މީހުން، ޖޫން 242 މީހުން އަދި ޖުލައި 202 މީހުން ފާނަބަސަންދު ޖެހިގެން ވަނީ ރިޕޯޓުކޮށްފައެވެ.

އެޗްޕީއޭއިން ބުނީ އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ފާނަބަސަންދު ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރުވެފައި ވީނަމަވެސް، ޖުލައި މަހުގެ މިހާތަނަށް މިއަދު ދަށްވެފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް