ކ. މާލެ
|
28 ޖުލައި 2018 | ހޮނިހިރު 08:18
އެމްޑީޕީގެ ވަފުދު އިންޑިއާއަށް ވަޑައިގެންވުމުން މަރުޙަބާ ދަންނަވަނީ
އެމްޑީޕީގެ ވަފުދު އިންޑިއާއަށް ވަޑައިގެންވުމުން މަރުޙަބާ ދަންނަވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
އިންޑިއާގައި ޖަޒީރާ ރާއްޖޭގެ ކެމްޕެއިން ޓީމްތައް އެކުލަވާލުމުގެ ބައްދަލުވުންތަކެއް ބާއްވަނީ
މި ދަތުރުގައިު ޓްރިވެންޑްރަމް އަދި ބެންގަލޫރުގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވާނެ
އިންޑިއާއަށް ވަޑައިގެންނެވި ޓީމްގައި އިސްކޮށް ހަރަކާތެރިވެ ވަޑައިގަންނަވަނީ އަލީ ނިޔާޒު

ޖަޒީރާ ރާއްޖޭގެ ކެމްޕެއިން ޓީމްތައް އެކުލަވާލުމަށް އެމްޑީޕީގެ ވަފުދެއް އިންޑިއާގެ ޓުވެންޑްރަމަށް ވަޑައިގެންފިއެވެ.

ކެމްޕެއިން ހަރަކާތްތަށް އިންޑިއާގައި ވަރުގަދަ ކުރުމަށް އިންޑިއާއަށް ހުކުރު ދުވަހު ވަޑައިގެންނެވި ޓީމުގައި އިސްކޮށް ހަރަކާތެރިވެ ވަޑަނީއިގަންނަވަނީ އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބް އަލީ ނިޔާޒެވެ.

މި ދަތުރުގައި އިންޑިއާގައި ދިރިއުޅޭ ރައްޔިތުންނަން ހާއްސަކޮށްގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބައްދަލުވުންތަކެއް ބާއްވާނެއެވެ. މިގޮތުން އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ކެމްޕެއިން ޓީމް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ރީ ރަޖިސްޓްރީ ކުރުމުގެ ކަންކަން ވެސް ކުރިއަށް ގެންދާނެއެވެ.

އެގޮތުން 27 ޖުލައި، ހުކުރުދުވަހު 6:30 ގައި ޓްރިވެންޑްރަމްގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރާނެއެވެ. އަދި 28 ޖުލައިވާ ހޮނިހިރު ދުވަހު ދުވަހުގެ ހަވީރު 4:00 ގައި ބެންގަލޫރުގައި ދިރިއުޅުއްވާ ދިވެހިންނާއި ބައްދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް