ކ. މާލެ
|
28 ޖުލައި 2018 | ހޮނިހިރު 09:06
ސިއްރުފެންފުށި ރިޒޯޓްގެ މޫދުގައި ބަހައްޓާފައިހުރި
ސިއްރުފެންފުށި ރިޒޯޓްގެ މޫދުގައި ބަހައްޓާފައިހުރި
ހޮޓެލިއަރ މޯލްޑިވްސް
ބުދު ބެހެއްޓުން
ސިއްރު ފެންފުށީ ރިޒޯޓުގެ މޫދުގައި ހުރި ބުދުތައް ނެގުމަށް ސަރުކާރުން އަންގައިފި
ސިއްރު ފެންފުށި ރިޒޯޓުގެ މޫދުގައި ވަނީ ދުނިޔޭގެ ފުރަތަމަ ސެމީ-ސަބްމާޖް އާރޓް ގެލެރީ ހަދާފައި
މި އާރޓް ގެލެރީގައި މޫދުގެ ދިރުންތަކާއި އިންސާނުންނާ އޮތް ގުޅުން ދައްކުވައިދީފައި ވަނީ އިންސާނުންނާ ވައްތަރު ގޮތަށް ހަދާފައި ހުރި "ބުދުތަކާއި" އަދި ހަރުކޮށްފައިވާ މުރަކަތަކުން

ށ. ސިއްރުފެންފުށީ ގައި "ބުދުތަކެއް" ހުރިކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބުމާއި ގުޅިގެން އެތަކެތި ނެގުމުގެ މަސައްކަތް ޓުއަރިޒަމް މިނިސްޓްރީ އާއި އަދި ރިޒޯޓުގެ މެނޭޖްމަންޓާއި ގުޅިގެން ދަނީ ކުރިއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ. 

މުއާޒް ހުކުުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިއްރުފެންފުށީ ގައި ހުރި "ބުދުތައް" އެއްކޮށް ނެގުމުގެ މަސައްކަތް މާދަމާ (ހޮނިހިރު) ގެ ނިޔަލަަށް އެއްކޮށް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ ޓުއަރިޒަމް މިނިސްޓްރީ އަށް އަންގަވާފަ ކަމަށެވެ. 

ފެއާމޮންޓް މޯލްޑްވިސް ސިއްރު ފެންފުށި ރިޒޯޓުގެ މޫދުގައި ހަދާފައިވާ ދުނިޔޭގެ ފުރަތަމަ ސެމީ-ސަބްމާޖް އާރޓް ގެލެރީއަކީ ލާދިނީ އަމަލެއް ކަމަށާއި ކޮންމެ މީހަކު ކުރި ނަމަވެސް އަދި ކޮންމެ އިރަކު ކުރި ނަމަވެސް، ގޯސް ކަމެއް ހަމަ ވާނީ ގޯހަށް ކަމަށް ދީނީ އިލްމުވެރިން ދަނީ ވިދާޅުވަމުންނެވެ. 

އިނގިރޭސިވިލާތަށް ނިސްބަތްވާ މަޝްހޫރު ނެޗުރަލިސްޓް އަދި އާޓިސްޓެއް ކަމަށްވާ ޖޭސަން ޑިކެއާސް އުފެއްދި މި ގެލަރީ ހުންނަނީ ސިއްރު ފެންފުށީގެ ފަޅުތެރޭގައި ކަމަށް ވާއިރު މޫދުގެ ދިރުންތަކާއި އިންސާނުންނާ އޮތް ގުޅުން މިތަނުގައި ދައްކުވައިދީފައި ވަނީ އިންސާނުންނާ ވައްތަރު ގޮތަށް ހަދާފައި ހުރި ބުދުތަކާއި އަދި ހަރުކޮށްފައިވާ މުރަކަތަކުންނެވެ.

"ކޮރަލޭރިއަމް" ގެ ނަން ދީފައިވާ މިތަން ހަދާފައި ހުންނަނީ، ހަ މީޓަރު ހުންނަ ދަގަނޑު ކޮށްޓެއްގެ ގޮތަށް ކަމަށްވާއިރު، އޭގެ ތަންތަންގަނޑު ކަނޑައިގެން، ފެނާއި ވައި ދައުރު ވާނެ ގޮތަށް ހަދާފައިވާ މި ކޮށީގެ ބޮޑުބައި ހުންނަނީ ފެނުން މަތީގައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
28 ޖުލައި 2018 | ހޮނިހިރު 12:42
ނުރެކޭ
ސޯޓެއްގައި ތިވަރު ކަމެއް ކުރަން ހުއްދަދިން މީހާކާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭ. ތިވަރު ކަމެއް ކުރަން އީ.އައި.އޭ ހަދައި، އީ.އައި.އޭ ހުއްދަން ދިން ފަރާތަކާ މެދު ފިޔަވަޅު އަޅަން ޖެހޭ. މިބުނި ހުއްދަތައް ނުނަގާ ހެދިނަމަ ރިސޯޓާ ދެކޮޅަށް ފިޔަވަޅުއަޅަން ޖެހޭ އަދި ތިމާވެއްޓަށް ލިބުނު ޖެއްލުމުގެ ބަދަލުދޭން ޖެހޭ. މިކަންކަން މިސަރުކާރަށް ކޮށްލުމުގެ ގާބިލްކަން އެބަހުރިބާ؟؟؟؟؟؟؟ މިކޮމެންޓު ކޮންމެވެސް ޖަހާލަދެއްޗޭ!