ކ. މާލެ
|
27 ޖުލައި 2018 | ހުކުރު 14:33
ޝެއިޚް އިލްޔާސް ހުސައިން
ޝެއިޚް އިލްޔާސް ހުސައިން
ގޫގުލް
ދީނީ އިލްމްވެރިން
މުންކަރާތްތައް ފޮރުވުމަށް ދައްކާ ވާހަކައަށް ހެއްލުމަކީ ފާފައެއް: ޝެއިޚް އިލްޔާސް
އެފަދަ ފަރާތްތަކަށް ތާއީދު ކުރުމަކީ ފާފައެއް

ތިމާމެން ކުރާ ބޮޑެތި މުންކަރާތްތައް ފޮރުވުމަށްޓަކައި ދައްކާ ފޮނި ވާހަކަތަކަށް ހެއްލި އެފަދަ ފަރާތްތަކަށް ތާއީދު ކުރުމަކީ ފާފައެއް ކަމަށް ޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް މިހެން ވިދާޅު ވެފައި ވަނީ ހުކުރު ކުވަހު ކުރެއްވި ޓްވީޓެއްގައެވެ. ޝައިޚް އިލްޔާސް ޓްވީޓްކުރައްވާފައި ވަނީ ގުރުއާނުގެ އާޔަތަކާ އެކުގައެވެ. އެ އާޔަތުގެ މާނައިގައި ވަނީ "ފަހެ އޭނާ ގައުމުގެ މީހުން ހައްލައިލިއެވެ. ދެން އެއުރެން އޭނާޔަށް ކިޔަމަންވިއެވެ. އެމީހުންވީ ފާސިގުން ކަމުގައެވެ."

ޝައިޚް އިލްޔާސް ޓްވީޓް ކުރައްވަފައި މިވަނީ ރާއްޖޭގެ ހުރިހާ ދީނީ އިލްމުވެރިންގެ ތަމްސީލްކުރައްވާ ކަމަށް ވިދާޅުވެ ބައެއް ދީނީ އިލްމުވެރިންތަކެއް ރައީސް ޔާމީނަށް ތާޢީދުކޮށް އެމަނިކުފާނަށް ވޯޓު ދެއްވުމަށް ގޮވާލާފައި ވަނިކޮށެވެ. އަދި ކޮރަޕްޝަނާއި ފަސާދައިގެ އިތުރުން އަނިޔާވެރިކަމުގެ އެތަކެއް ތުހުމަތުތަކެއް ރައީސް ޔާމީންގެ މައްޗަށް ގިނަ ބަޔަކު ކުރަމުންދާއިރު، އެމަނިކުފާނުގެ ރަނިންގ މޭޓްކަން ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ޤަބޫލުކުރެއްވުމާ ގުޅިގެން ވެސް ގިނަ ދީނީ އިލްމުވެރިންތަކެއް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިގޭ އިތުރުން ވެސް ޝައިޚް އިލްޔާސް ވަނީ ފެއާމޮންޓް ސިއްރު ފެންފުށި ރިސޯޓުގެ މޫދު އަޑީގައި ބުދުތަކެއް ބެހެއްޓުމުން ނުރުހުން ފާޅުކުރައްވައިފިއެވެ.

ޝެއިޚް އިލްޔާސް ހުސައިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިހާ ފާޅުކަން ބޮޑު ގޮތެއްގައި ތަރައްގީގެ ނަމުގައި މިފަދަ ބޮޑެތި މުންކަރާތްތައް ހިންގުމަކީ ރައްޔިތުންނަށް އޮޅުވާލުމުގެ އިތުރުން އިސްލާމްދީނަށާއި ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއް ކަމަށެވެ. އެހެން ކަމުން ވަގުތުން މިކަންތައް ހުއްޓާލާ ﷲ އަށް ބިރުވެތި ވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް